މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ކުނިކޮށި ބަދަލުވާ ތާރީޚު ފަސްކުރުން

  ރަށުގެ ކުނިކޮށި ބަދަލުވާ ތާރީޚު ފަސްކުރުން

           މިއިދާރާގެ ނަންބަރު: (IUL)335-AS/335/2026/101 (23ޖުލައި 2026) އިޢުލާނުގައި ރަށުގެ މިހާރުގެ ކުނިކޮށި އަލަށް ހެދިފައިވާ ކުނިކޮށްޓަށް 10 އޯގަސްޓް 2026 ންފެށިގެން ބަދަލު ކުރާގޮތަށް އޮތްނަމަވެސް 22 އޮގަސްޓް 2026 އަށް މިހާރު ބަދަލުވެފައިވާ ކަން އާންމުކޮށް އަންގަމެވެ،  އަދި 22 އޮގަސްޓް 2026 ންފެށިގެން  އެކުނިކޮށި ބަލަހައްޓަމުން ގެންދާނީ ވެމްކޯގެ ފަރާތުން ކަމަށްވާތީ،  އެދުވަހުން ފެށިގެން ކުނި އަޅަމުން ގެންދާނީ އާ ކުނިކޮށްޓަށް ކަމުގައި ދަންނަވަމެވެ. އަދި ކުނިކޮށްޓަށް ކުނިއުކާލެވޭނީ  އެކުންފުނިން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކަމުގައި ވެސް ދަންނަވަމެވެ. މިކައުންސިލާއި ވެމްކޯ ގުޅިގެން އެފަދަ މަޢުލޫމާތު ވަރަށްއަވަހަށް ފޯރުކޮށްދޭނެ ވާހަކަވެސް ދަންނަވަމެވެ.

           އަދި އެދުވަހުން ފެށިގެން ރަށުގެ ކުނީގެ ކުނިކޮށި ސަރަހައްދަށާއި  އެހެން ދިމާލަށް ކުނި އުކާނުލުމަށްވެސް އަންގަމެވެ. އަދި ކުނިކޮށި ފިޔަވާ އެހެން ސަރަހައްދުތަކަށް ކުނި އަޅަމުންދާނަމަ ޤަވާޢިދާއި އެއްގޮތަށް އެފަރާތްތަކަށް ފިޔަވަޅު އަޅަމުންގެންދާނެ ކަމުގައިވެސް އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2026
ހޯދާ