އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޭގޭގެ ފުރާޅުގެ އަސްކަނި މަގުމައްޗަށް ފެންފައިބާ ގޮތަށް ދޫކޮށްފައި ހުރި މައްސަލައާގުޅޭ

            އަދާހަމައަށް، ރަށުގެ ރަށްވެހިން ގެދޮރު އިމާރާތްކުރުމުގައި މަގަށްވާގޮތަށް އިމާރާތް ކުރެވޭ ގެދޮރުގެ އަސްކަނިން ފައިބާ ފެން މަގުމައްޗަށް އޮހޭގޮތަށް ދޫކުރުމުގައި މާބޮޑު ސަމާލުކަމެއް ވަނީ ނުދެވިއެވެ. ނަމަވެސް މިކަމަކީ ކަމުގެ ޒާތުން، އާންމު ރައްޔިތުންނަށް އެތައް ދަތިތަކަކާ ކުރިމަތި ލާންޖެހޭ ކަމެކެވެ. އަދި އާންމު އިޖްތިމާއީ މިންގަނޑާއި އުސޫލުތަކުންވެސް ވަކި ހަމަތަކެއްގެ މަތިން ހުއްދަކުރެވޭ ކަމެކެވެ. މިއަދު މިކަމުގައި ސަބަބުން ރަށުގައި ދިރިއުޅޭ އެންމެނަށްހެން އެކިގޮތްގޮތުން މިދަނީ ތުރާތައް ވަމުންނެވެ. ޚާއްސަކޮށް ވާރޭވެހޭ ދުވަސްވަރު، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމަށް އިންތިހާއަށް އުނދަގޫވެ، ރަށްވެހިންގެ ޝަކުވާ ވަނީ އިމެއް ނެތް މިންވަރަށް އިތުރު ވެފައެވެ.

            ވީމާ، މިކަމަށް ޖުމްލަވީ ހައްލެއް ހޯދުމަށް، މިއަދުން ފެށިގެން 8 މަސްދުވަހުގެ ތެރޭގައި މަގުމައްޗަށް ފެންފައިބާ ގޮތަށް ދޫކުރެވިފައިވާ ހުރިހާ ފުރާޅެއްގައި ދިޔަދޮވި ހަރުކުރެވި، ފެންބާލާ ހޮޅި ހަރުކުރެވި، ބިމަށް ފެންހިނދުމަށް ކާނުހެދި އަދި ކާނަށް ހޮޅިގުޅައި ނިންމުމަށް ދަންނަވަމެވެ.

09 ސަފަރު 1448ހ. 

23 ޖުލައި   2026މ.

23 ޖުލައި 2026
ހޯދާ