ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ވައިކަރަދޫ އިން ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް ނަންނޯޓްކުރުމުގެ ފުރުޞަތު މި އިދާރާއިން ހުޅުވާލަމެވެ. މި ފުރުޞަތަކީ ހަމައެކަނި ވައިކަރަދޫގެ ރަށްވެހިންނަށް ޚާއްޞަކޮށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމުގައި ދެންނެވީމެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓު ކުރެއްވުން އެދެމެވެ. މައުރަޒާއި ގުޅޭ އިތުރު މަޢުލޫމާތު www.expo.mv ވެބްސައިޓްއިން ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ.
ލިންކް: https://forms.gle/HTasC3WEhTsYRRKQA
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
