މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
މި ވުޒާރާގެ އެޗް.ޕީ.އީ ސްޓޯރޭޖް އަދި އިކްވިޕްމަންޓްސް 1 އަހަރު ދުވަހަށް ސާރވިސްކޮށް މެއިންޓެއިން ކުރާނެ ފަރާތެއް ހޯދުމަށް

     މި ވުޒާރާގެ އެޗް.ޕީ.އީ ސްޓޯރޭޖް އަދި އިކްވިޕްމަންޓްސް 1 އަހަރު ދުވަހަށް ސާރވިސްކށް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     އަންދާސީ ހިސާބު ހުށަހެޅުން:    13 އޯގަސްޓް 2026، 13:30އަށް

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކު އާންމު ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ [email protected] އަށް 10 އޯގަސްޓް 2026 ދުވަހުގެ 13:00ގެ ކުރިން މެއިލް ކޮށްދެއްވުން އެދެމެވެ.

     އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 އޮގަސްޓް 2026
ހޯދާ