ދިވެހިރާއްޖެ
ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފްޓަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިއުލާނާއެކު އެއްހީރާސްކުރެވިފައި އެވަނީ 2017 ވަނަ އަހަރު މި އިދާރާއިން އާއްމުކޮށްފައިވާ "ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދު" ގެ ވޯޑް ފައިލެވެ. މިވޯޑް ފައިލްގައި ހިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ކޮންމެ މާއްދާއަކަށް ހުށަހަޅަން ބޭނުންވާ ހިޔާލު ޓައިޕް ކުރައްވާނީ އެމާއްދާއެއްގެ އެންމެ ތިރީގައި ހިޔާލު ހުށަހެޅުމަށް ހާއްސަ ކޮށްފައިވާ ގޮޅީގައެވެ. އަދި އަތުލިޔުމުން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާލު ހުށަހަޅުއްވާ މާއްދާގެ ނަންބަރު ޖެއްސެވުމަށްފަހު ބޭނުންވާ ހިޔާލު ގަނޑެއްގައި ލިޔެފައި ކައުންޓަރަށް ހުށަހެޅުއްވޭނެއެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]އަށެވެ. ގަވާއިދުގެ ޑްރާފްޓް ކޮޕީއެއް ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ވާނެއެވެ.
ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދު ޑްރާފްޓަށް ހިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން (2026 އޮގަސްޓު 06 ވަނަ ދުވަހުން) ފެށިގެން 2026 އޮގަސްޓު 13 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އަދި ގަވާއިދުގެ ޑްރާފްޓަށާއި އާއްމުން ހުށަހަޅުއްވާ ހިޔާލުތަކަށް އިތުރަށް މަޝްވަރާކުރުމަށް މިހިނގާ އޮގަސްޓް މަހުގެ ދުވަހެއްގައި ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
