ދިވެހިރާއްޖެ
|
އިޢުލާން |
|||||||||
|
މަޤާމު: |
ކައުންސިލް އެސިސްޓެންޓް |
||||||||
|
މަޤާމުގެ ނަންބަރު: |
J-376678, J-376679, J-376680 |
||||||||
|
ބޭނުންވާ އަދަދު: |
3 (ތިނެއް) |
||||||||
|
މަޤާމުގެ ގިންތި: |
ވަގުތީ (1 އަހަރު) 1 އަހަރުގެ މުއްދަތު ހަމަވުމުން މިއިދާރާއިން ބޭނުންވާނަމަ އަދި އިތުރު 1 އަހަރަށް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ. |
||||||||
|
ޕަބްލިކް ސަރވިސް ރޭންކު: |
ރޭންކް 1 |
||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
- |
||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ |
||||||||
|
މުސާރަ: |
7700.00 ރުފިޔާ |
||||||||
|
މަޤާމުގެ އެލަވަންސް: |
2310.00 ރުފިޔާ |
||||||||
|
އެހެނިހެން އެލަވަންސް: |
|
||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3- ބަނދަރު ބޭނުންކުރުމުގެ ޤަވާއިދު 2019/R-493 ގެ ދަށުން އެކުލަވާލެވިފައިވާ " ހަމައެކަނި މުދާ އަރުވާ ބޭލުމާއި ލާންޗު ، ފެރީ ލަފާ ފުރުމާއި ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި ގުޅޭ އުޞޫލު" އާއި އެއްގޮތަށްވާ ގޮތުގެ މަތީން، ބަނދަރުގެ ކަންކަންދޭތޯ ބަލައި ބަނދަރު ބެލެހެއްޓުން. 4- ބަނދަރު ޖެޓީގައި 2 ގަޑިއިރަށްވުރެ އިތުރުވަގުތުގައި ބާއްވާ ދޯނިފަހަރު ނެގުމަށް އަންގައި، ނުނަގައިފިނަމަ ކައުންސިލަށް ރިޕޯޓްކުރުން. 5- ބަނދަރު ތޮށިގަނޑުން ފެށިގެން ފަސްފޫޓަށްވުރެ ކައިރީގައި ވެލި، ދަރު، ފަން އަދި އެހެނިހެން ތަކެތި ބަހައްޓާ ފަރާތްތަކަށް އެކަން ނުކުރުމަށް އަންގައިގެން އިސްލާޙު ނުކޮށްފިނަމަ ކައުންސިލަށް ރިޕޯޓްކުރުން. 6- ބަނދަރުގެ ތޮށިދިގަށް ބާއްވާ ދޯނިފަހަރު ނެގުމަށް އަންގައި، ނުނަގައިފިނަމަ ކައުންސިލަށް ރިޕޯޓްކުރުން. 7- ފެރީ އެޅުމަށް ޙާއްސަކޮށްފައިވާ ސަރަހައްދުގައި އުޅަނދުފަހަރު ބާއްވާ ފަރާތްތަކުން އެކަން ނުކުރުމަށް އަންގައިގެން ޢަމަލުނުކުރާ ފަރާތްތަކުގެ ވާހަކަ ކައުންސިލަށް ރިޕޯޓްކުރުން. 8- އޮޑި ދޯނިފަހަރުން ބާލާ ކަންނެލިފޮށި އަދި އެހެނިހެން ތަކެތި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަކަށް ގެންދޭތޯ ބެލުން. 9- މަދުވެގެން ހަފްތާއަކު 1 ފަހަރު ފްލޯޓިންގ ޕާކް ޗެކްކޮށް ވައިޖެހުން. 10- ކޮންމެ 2 ހަފްތާއަކުން 1 ފަހަރު ފްލޯޓިންގ ޕާކްގެ ފެހި ކަހާ ސާފުކުރުން. 11- ރީތި ބީޗްގައި ޑިއުޓީކުރާ ވަގުތުތަކުގައި ބީޗްގައި ހުންނަ ކުނި ނަގައި، އެސަރަޙައްދުގައި ހުންނަ މޭޒުތަކާއި ގޮނޑިތައް ފޮޅާ ސާފުކުރުން. 12- ފްލޯޓިންގ ޕާކްގެ ބޭނުންހިފާ ފަރާތްތަކުން އޭގެ ބޭނުން ކުރަނީ ރައްކާތެރިކަމާއިއެކުތޯ ކަށަވަރުކުރުން. 13- ބަނދަރުން ފެނުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން. 14- ބަނދަރުތެރޭގައި ހުންނަ ކުނިވާޒާތުގެ އެއްޗިއްސާއި، ފެންމަތީގައި ހުންނަ ހަޑިވާޒާތުގެ ތަކެތި ނަގައި ރަށުގެ ކުނިގޮނޑަށް ގެންގޮސް އުކާލުން. 15- އައިސްޕްލާންޓްގެ ޚިދުމަތްދޭން ފެށުމުން އެ ސަރަޙައްދުބަލާ ޗެކްކޮށް ސާފުކުރަންޖެހޭ ތަންތަން ސާފުކުރުން. 16- ތަފާތު އެކިބާވަތުގެ ތަކެތި ބަހައްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު ފިޔަވައި އެނޫން ސަރަހައްދެއްގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް އެއްޗެއްގެ ވެރިފަރާތް އެނގޭނަމަ އެއެއްޗެއް ނެގުމަށް އެފަރާތަކަށް އަންގައި، ޢަމަލު ނުކޮށްފިނަމަ ކައުންސިލަށް ރިޕޯޓްކުރުން. 17- ކައުންސިލުން ކަނޑައަޅާ ގަޑިތަކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ ހުޅުވާ ލެއްޕުން. 18- ކުނިގޮނޑަށް ގެންދެވޭ ކުނި، ކުނި ވަކިކުރަން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ވަކިކުރުން އަދި ސެންޓަރަށް ކުނިއުކަންދާ އަމިއްލަ ފަރާތްތަކުން އެ މަސައްކަތް ކުރޭތޯ ކަށަވަރުކުރުން. 19- ކުނިއުކުމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ކުނިއުކާނަމަ އެކަން ލަސްނުކޮށް ކައުންސިލް އިދާރާއަށް ރިޕޯޓްކުރުން. 20- ވޭސްޓް ސެންޓަރުގައި ހުންނަ ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެ ނަމަ ލަސްނުކޮށް ކައުންސިލް އިދާރާއަށް ރިޕޯޓް ކުރުން. |
||||||||
|
މަޤާމުގެ ޝަރުޠުތައް:
|
ލިޔަން ކިޔަން އެނގުން. ނުވަތަ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||||||||
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް ނެތް |
|||||||||
|
މަސައްކަތުގެ ދާއިރާތައް ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް އިދާރާގެ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް |
|||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު". |
||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 (ހަތްދިހަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮގަސްޓު 2026 ގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 އޮގަސްޓު 2026 އާއި 03 ސެޕްޓެންބަރު 2026 އާއި ދެމެދު، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާ ގައެވެ.
|
||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (http://www.csc.gov.mv/policy/index/51) އިން ލިބެން ހުންނާނެއެވެ. |
|||||||||
