މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ-ކުއަލިޓީ އެޝުައަރެންސް ޑިޕާރޓްމަންޓް/މިފްކޯ ހެޑް އޮފިސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކުއަލިޓީ އެޝުއަރެންސް ޑިޕާރޓްމަންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

 4500.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް:  2700.00 ރުފިޔާ
  • މިނިމަމް ވޭޖް އެލަވަންސް: -/2610.00 ރުފިޔާ
  • ފުޑް އެލަވަންސް: -/1800 ރުފިޔާ
  • ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40
  • ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް/އޭ ލެވެލް ހާސިލްކޮށްފައިވުން/ނުވަތަ ކުއަލިޓީ މެނޭޖްމަންޓް،ފުޑް ސައިންސް،ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅުން ހުރި ދާއިރާ އކުން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް ހޯދާފައިވުން.
  • މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން އެއް އަހުރެގެ ތަޖުރިބާ ހޯދާފައިވުން
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖުގެ މަޢޫލޫމާތާއި އޭގެތެރޭގައި ހިމެނޭ އެއްޗެތި ރަނގަޅަށް ބޭނުންކުރަން ދެނެގަތުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮލިޓީ އެޝުއަރެންސް ޑިޕާރޓްމަންޓްގެ އެޑްމިިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން
  • ކިއު.އޭ ޑޮކިއުމަންޓްތައް،ރެކޯޑުތައް،ރެޖިސްޓާރތައް އަދި ފައިލިންގް ސިސްޓަމްތައް (އެލެކްޓްރޯނިކް އަދ ހާރޑް ކޮޕީ) ރަނގަޅަށް ދެމެހެއްޓުން.
  • ސިޓީ، ދަތުރު އެދުން (Travel Request)، ރިޕޯޓު، މީޓިންގ މިނެޓްސް، ޕްރެޒެންޓޭޝަން، އަދި ޑިޕާޓްމަންޓާ ގުޅޭ އެހެނިހެން ލިޔުންތައް ތައްޔާރު ކުރުން.
  • އިންޓަރނަލް، ކަސްޓަމަރ، ސެޓިފިކޭޝަން، އަދި ރެގިއުލޭޓަރީ އޯޑިޓްތައް ކޯޑިނޭޓް ކުރުމާއެކު، އޯޑިޓް ޝެޑިއުލް އަދި ގުޅޭ ޑޮކިއުމެންޓްތައް ބަލަހައްޓާ މެނޭޖް ކުރުން.
  • ކޮރެކްޓިވް އަދި ޕްރިވެންޓިވް އެކްޝަން (CAPA) މޮނިޓަރ ކޮށް، ވަގުތުން ނިންމޭތޯ ފޮލޯއަޕް ކުރުން.
  • ކަސްޓަމަރުން، ސެޓިފިކޭޝަން ބޮޑީތަކުން، އަދި ރެގިއުލޭޓަރީ އޮތޯރިޓީތަކަށް ބޭނުންވާ ސެޓިފިކޭޓް، ލައިސަންސް، ޕަރމިޓް، އަދި އެހެނިހެން ކޮމްޕްލަޔަންސް ޑޮކިއުމެންޓްތައް ބަލަހައްޓައި އަޕްޑޭޓް ކުރުން.
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (MFDA) ގެ ދިރިތި ޕޯޓަލްގައި ކޮލިޓީ އެޝުއަރެންސްއާ ގުޅޭ ހުރިހާ މަސައްކަތް، ޕްރޮޑަކްޓް ރެޖިސްޓްރޭޝަން، ލައިސަންސް އެޕްލިކޭޝަން، ރިނިއުވަލް، އެމެންޑްމަންޓް، ސަބްމިޝަން، އަދި ރެކޯޑު އަޕްޑޭޓްތައް މެނޭޖް އަދި ބަލަހައްޓާ ކުރުން.
  • ސަރުކާރީ އޮފީސްތަކާއެކު ކޯޑިނޭޓް ކޮށް، ކޮލިޓީ އެޝުއަރެންސްއާ ގުޅޭ ލައިސަންސް، ޕަރމިޓް، ރެޖިސްޓްރޭޝަން، އަދި ހުއްދަތައް ހޯދުން، ރިނިއު ކުރުން، އަދި ގަވާއިދާ ގުޅޭ އެންމެހައި ލިޔެކިޔުން ވަގުތުން ހުށަހެޅުން.
  • ކޮލިޓީ، ކޮމްޕްލަޔަންސް، ސެޓިފިކޭޝަން، އަދި ރެގިއުލޭޓަރީ މައްސަލަތަކާ ގުޅިގެން ރެގިއުލޭޓަރީ އޮތޯރިޓީތަކާއި، ސެޓިފިކޭޝަން ބޮޑީތަކާއި، އަދި ބޭރު ސްޓޭކްހޯލްޑަރުންނާ ގުޅުން ބެހެއްޓުން.
  • ކޮލިޓީ އެޝުއަރެންސް (QA) ޓްރެއިނިންގ ޝެޑިއުލްތައް ކޯޑިނޭޓް ކޮށް، ޓްރެއިނިންގ ރެކޯޑުތައް ބަލަހައްޓާ އަޕްޑޭޓް ކުރުން.
  • މަހުން މަހަށް ކޮލިޓީ އެޝުއަރެންސް (QA) ރިޕޯޓުތައް، ޑިޕާޓްމަންޓްގެ ކީ ޕަރފޯމަންސް އިންޑިކޭޓަރުތައް (KPIs)، އަދި އެހެނިހެން ޕަރފޯމަންސް ޑޭޓާ ޖަމާކޮށް ތައްޔާރު ކުރުން.
  • ކޮލިޓީ އެޝުއަރެންސްއާ ގުޅޭ މައްސަލަތަކުގައި ހެޑް އޮފީހާއި ޕްރޮސެސިންގ ފެސިލިޓީތަކާ ދެމެދު ކޮމިއުނިކޭޝަން ކޯޑިނޭޓް ކުރުން.
  • ޕާޗޭސް ރިކުއިޒިޝަންތައް ތައްޔާރު ކޮށް، ޑިޕާޓްމަންޓަށް ބޭނުންވާ ސްޓޭޝަނަރީ އަދި އެހެނިހެން އިދާރީ ބޭނުންތައް މެނޭޖް ކުރުން.
  • ކޮލިޓީ ޑޮކިއުމެންޓްތަކާއި ކުންފުނީގެ މަޢުލޫމާތުތަކުގެ ސިއްރުކަން ބެހެއްޓުން.
  • ކޮލިޓީ އެޝުއަރެންސް މެނޭޖަރ ހަވާލުކުރާ އެހެނިހެން އިދާރީ ނުވަތަ ކޮލިޓީއާ ގުޅޭ މަސައްކަތްތައް އަދާ ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

        އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮގަސްޓު 2026 ވަނަ ދުވަހު މެންދުރު  12:00 ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޮގަސްޓް 2026
ހޯދާ