މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސީނިއަރ ލޯންޗް ޑްރައިވަރު / ޕްރެޒިޑެންޝަލް ގާޑްސް

އެމް.އެން.ޑީ.އެފް/ޕްރެޒިޑެންޝަލް ގާޑްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު

ސީނިއަރ ލޯންޗް ޑްރައިވަރު (ގްރޭޑް 2)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

މަހަކު 12,565.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު 6,745.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ،

އިތުރު ޢިނާޔަތްތައް

މި މަގާމަކީ ވަޒީފާއާބެހޭ ގާނޫނު (ނަންބަރު 2008/2)ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި  ބަންދުދުވަސްތަކުގެ ފައިސާ ނުލިބޭނެއެވެ.

ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ދުވާލަކަށް 75.00 ރުފިޔާ އާއި، ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 120.00 ރުފިޔާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ނިޔަމިކަމުގެ ސަނަދު 1 ނުވަތަ 2 ގެ ސެޓްފިކެޓް ލިބިފައިވުން.
  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބީ ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.
  • މީގެ އިތުރުން މަގާމަށް ކަނޑައަޅާފައިވާ ކެޓަގަރީގެ ކަނޑު އުޅަނދު ދުއްވުމުގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދު ފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކަނޑުމަތީގެ ދަތުރުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަންދިނުން.

މަގާމު

ލޯންޗް ފަޅުވެރި (ގްރޭޑް 1)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

މަހަކު 8,100.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2,795.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ

އިތުރު ޢިނާޔަތްތައް

މި މަގާމަކީ ވަޒީފާއާބެހޭ ގާނޫނު (ނަންބަރު 2008/2)ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި  ބަންދުދުވަސްތަކުގެ ފައިސާ ނުލިބޭނެއެވެ.

ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ދުވާލަކަށް 50.00 ރުފިޔާ އާއި، ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 75.00 ރުފިޔާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ލިޔަންކިޔަން އެނގުން، ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދު ދަތުރުކުރާއިރުގައާއި، ފަޅުގައި އޮންނައިރު ލޯންޗް ބެލެހެއްޓުމާއި، ކޮންމެ ދަތުރެއް ނިމުމުން އުޅަނދު ސާފުކުރުމާއި، ޑްރައިވަރު އަންގާގޮތެއްގެމަތީން އުޅަނދުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ ފެހިކަހާ ބެލެހެއްޓުން.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 އޮގަސްޓު 16 ވާ އާދީއްތަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

22 ޞަފަރު 1448

05 އޮގަސްޓް 2026
ހޯދާ