މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގްލޯބަލް އިކޯސިސްޓަމް އެޓްލަސް – މޯލްޑިވްސް އެކްސަލަރޭޓަރ ޕްރޮޖެކްޓް ގެ ފައިނަލް ރިވިޔު އެންޑް ވެލިޑޭޝަން ވާރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ގްރޫޕް އޮން އަރތް އޮބްޒަރވަރ (ޖިއޯ) އާއި މިވުޒާރާއާ ގުޅިގެން ދިވެހިރާއްޖޭގެ މާހައުލީ ނިޒާމުތަކުގެ ތަފްސީލީ ޗާޓެއް އެކުލަވާލުމަށްޓަކައި 2025 ވަނަ އަހަރުން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތުގެ ފައިނަލް ޗާޓުތައް ތައްޔާރުކުރެވި އެ ޗާޓުތަކުގެ ވެލިޑޭޝަން މަސައްކަތްތައް ކުރުމަށް މި މިނިސްޓްރީއާއި ޖިއޯ އިން މިދަނީ ތައްޔާރުވަމުންނެވެ. އެގޮތުން، މި ވެލިޑޭޝަންގެ މަސައްކަތް ކުރުމަށް ބާއްވާ ވޯކްޝޮޕްގައި ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތަކުގެ ތެރެއިން 01 ފަރާތެއް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. 

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މިހާރު ތައްޔާރުކުރެވިފައިވާ މެޕްތައް ރިވިޔު ކުރުމާއި ވެލިޑޭޓް ކުރުމެވެ. ހަތަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 އިން 24 ސެޕްޓެމްބަރ 2026 އަށް އޮސްޓްރޭލިޔާގެ ޖޭމްސްކުކް ޔުނިވަރސިޓީގައެވެ. މި ވޯކްޝޮޕްގެ އެޖެންޑާ ވޯރކްޝޮޕަށް ހޮވޭ ފަރާތަށް ހިއްސާކުރެވޭނެއެވެ. މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތުގެ ޓިކެޓާއި ހުރުމާއި ކެއުމުގެ ޚަރަދުގެ އިތުރުން، ވިސާ ގެ އެންމެހައި ކަންކަން ހަމަޖައްސާ ދެވޭނެއެވެ.   

ވޯކްޝޮޕްގައި ބައިވެރިވާ ކެންޑިޑޭޓުގެ ޝަރުތު

  • އެންވަޔަރަންމަންޓް ސައިންސް ނުވަތަ މެރިން ސައިންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  • ދިވެހި ރާއްޖޭގައި މެރިން އަދި ޓެރެސްޓްރިއަލް ސަރވޭތައް ކުރިޔަށް ގެންދިޔުމުގެ ތަޖުރިބާ ލިބިފައިވުން

މި ތަމްރީނުގައި ބައިވެރިވާ ފަރާތް ހޮވާނީ ތިރީގައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ. އަދި ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ.

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު

ތަފްސީލު

ބަލާނެ ލިޔެކިޔުން 

ޕޮއިންޓް

ތަޢުލީމީ ފެންވަރު

އެންވަޔަރަންމަންޓް ސައިންސް ނުވަތަ މެރިން ސައިންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް

55

ލިބިފައިވާ ތަޖުރިބާ

މެރިން އަދި ޓެރެސްޓްރިއަލް ސަރވޭތައް ކުރިޔަށް ގެންދިޔުމުގެ ތަޖުރިބާ (ކޮންމެ އަހަރަކަށް 5 މާރކްސް) 

 

މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުމެއް 

(މި ލިޔުމުގައި، މިހާރު ކުރަމުންދާ މަސައްކަތާއި މަސައްކަތް ކުރާތަނުގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

45

ޖުމްލަ

100

 

މި ވޯކްޝޮޕް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީއިން ކަނޑައަޅާ ތާރިޚަކުން ފެށިގެން 12 މަސް ދުވަހުގެ ވަންދެން، މިނިސްޓްރީގެ ސަރވޭ، ރިސަރޗް އެންޑް އެވެއަރނަސް ޔުނިޓާއިއެކު މި މެޕްތައް އިތުރަށް ފުރިހަމަ ކުކުމަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • މި ކަމަށް ޝައުގުވެރިކަންވާފާޅުކޮށް، މިނިސްޓްރީއަށް ހުށަހަޅާ ސިޓީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމު ފެންވަރު އަންގައިދޭ ލިޔެކިޔުން (ޕޮއިންޓް ދެވޭނީ ހުށަހަޅާފައިވާ ލިޔުމަށް އެކަނި)
  • ތަޖުރިބާ އަންގައިދޭ ލިޔުންތައް (ޕޮއިންޓް ދެވޭނީ ހުށަހަޅާފައިވާ ލިޔުމަށް އެކަނި)

ސުންގަޑި

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުޤުވެރިވާ ފަރާތްތަކުން  10 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 1300 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.  

   

އިތުރު މަޢުލޫމާތު

މި ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ފޯން:  3018300

އީމެއިލް: [email protected]

05 އޮގަސްޓް 2026
ހޯދާ