މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިންޖިނިއަރސް އެވޯޑު 2026

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މި މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ.

  1. އިންޖިނިއަރ އޮފް ދަ އިޔަރ (Engineer of the year )
  2. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް( Lifetime Achievement Award )
  3. ޔަންގް އިންޖިނިއަރ އެވޯޑް (Young Engineer Award )
  4. ވިމެން އިން އިންޖިނިއަރިންގ އެވޯޑް (Women in Engineering Award)
  5. އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑް
    (Engineering Innovation, Technology, Education and Research Award)
  6. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު  (Sustainability Champion Award)
  7. އިންޖިނިއަރިންގ ކޮންސަލްޓަންޓް/ ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
    (Engineering Consultant/Consultancy Firm of the Year)
  8. ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު (Student Innovator Award)
  9. ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު (Community Impact Award)
  10. ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް  (Contractor of the year Award)

ވީމާ، 03 އޮގަސްޓު 2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ނަންބަރު
2026/G-20 (އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޤުރާރު ލިންކް: https://awards.infrastructure.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އަދި އިންޖިނިއަރސް އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ.

05 އޮގަސްޓް 2026
ހޯދާ