ދިވެހިރާއްޖެ
މި ސަރވިސްގެ ފުލުހުންގެ ވޯރކިންގް ޑްރެސް އަދި އޮޕަރޭޝަން ޔުނިފޯމުގައި ބޭނުންކުރާ ޕޮލިސްޓެގް އަދި ނޭމްޓެގް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މި ސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/09 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އެ ފުރުޞަތު ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 ފެބުރުވަރީ 07 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 ފެބުރުވަރީ 10 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/200 (ދުއިސައްތަަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 ފެބުރުވަރީ 10 ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
ބީލަން ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 14:30 މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
މި ސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/09 އިޢުލާނާ ގުޅިގެން ބީލަންފޮތް ގަނެފައިވާ ފަރާތްތަކުން އަލުން ބީލަންފޮތް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް ބިޑް ވިއްކާ މުއްދަތުގެ ތެރޭގައި އިސްކަންދަރު ބިލްޑިންގަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ. ބިޑްގައި ނަން ނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރި ކުރެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.