ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަކީލެޔާ 3ވީ3 ޗެލެންޖް

ހަކީލެޔާ 3ވީ3 ޗެލެންޖަކީ ވިލިނގިލީ ކައުންސިލްގެ ކުޅިވަރު ޕްލޭންގައި ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތުގެ މަގްސަދަކީ ވިލިނގިލީގައި ބާސްކެޓްބޯޅަ އާލާކުރުމާއެކު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބާސްކެޓްބޯޅަ ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ޒުވާނުންނަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން މުޖުޠަމަޢަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށާއި ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގާތް އެކުވެރި ގުޅުމެއް އުފެއްދުމެވެ.

v މި މުބާރާތަކީ ގއ ވިލިނގިލި ކައުންސިލް އިދާރާ އިން ގއ ވިލިނގިލި އަދި ގދ. ތިނަދޫ ބާސްކެޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ފަރާތަކަށް(ހަކީލެޔާ 3ވީ3 ޗެލެންޖް) ނަމުގައި ބާއްވާ މުބާރާތެކެވެ.

v މި މުބާރާތް ހިންގާނީ ވިލިނގިލީ ކައުންސިލް ކުޅިވަރުޓީމާއި ގއ. ވިލިނގިލި ފިޓްނެސް އެންޑް ރެކްރިޔޭޝަން ސެންޓަރުންނެވެ.

 

 

05 އޮގަސްޓް 2026
ހޯދާ