ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: ސީނިއަރ އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- އެކައުންޓިންގ ސޮފްޓެއަރތައް ބޭނުންކުރަން އެނގުން.
- ACCA / CIMA / CPA ކޮލިފައިޑްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
މަޤާމުގެ މަސްއޫލިއްޔަތު:
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކޯޕަރޭޝަނުގެ ފައިނޭންޝިއަލް ޚިދުމަތްތައް ހަރުދަނާގޮތެއްގައި، އެކައުންޓިންގ ޕޮލިސީއާއި ޕްރޮސިޖާރސްގެ ތެރެއިން ފޯރުކޮށްދިނުން. މީގެ ތެރޭގައި، ކޯޕަރޭޝަނުގެ ޗާޓް އޮފް އެކައުންޓްސްތައް ބެލެހެއްޓުމާއި، ޖެނެރަލް ލެޖާރސްތަކުގެ މަންތްލީ، ކްއާރޓަލީ އަދި އެނުއަލް ރިޕޯޓުތައް ތައްޔާރުކުރުން ހިމެނެއެވެ. އަދި ކޯޕަރޭޝަންގެ ފިކްޑް އެސެޓްސް ރެޖިސްޓަރ މެއިންޓެއިންކޮށް ބެލެހެއްޓުމާއި އަދި މިނޫންވެސް މަޤާމުގެ މަސްއޫލިއްޔަތަކާއި ގުޅުންހުރި މަސައްކަތްތައް ހިމެނެއެވެ.
މުސާރަ: -/10،100 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/19600 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: ކޭޝް މެނޭޖްމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ޑިގްރީ / ޑިޕްލޮމާ ހާސިލުކޮށްފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- އެކައުންޓިންގ ސޮފްޓެއަރތައް ބޭނުންކުރަން އެނގުން.
- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޕަރޭޝަނުގެ ކޭޝް މެނޭޖްމަންޓާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުން.
މުސާރަ: -/6260 ރުފިޔާއާއި -/8720 ރުފިޔާއާ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން -/11960 ރުފިޔާއާއި -/16520 ރުފިޔާއާ ދެމެދު ލިބޭނެއެވެ.)
މަޤާމު: ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިގްރީ / ޑިޕްލޮމާ ހާސިލުކޮށްފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
-އެކައުންޓިންގ ސޮފްޓެއަރތައް ބޭނުންކުރަން އެނގުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު:
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޕަރޭޝަނުގެ ބަޖެޓް ތައްޔާރުކުމާއި، ފައިނޭންޝިއަލް ރިސްކް އެނާލިސިސްތައް ހެދުމުގައި އެހީތެރިވެދިނުމާއި، ކޯޕަރޭޓް ބޭސްޑް ޕްރައިސް ކޯސްޓިންގއާއި ޕްރައިސިންގެ މަސައްކަތްތައް ހިމެނެއެވެ.
މުސާރަ: -/6260 ރުފިޔާއާއި -/8720 ރުފިޔާއާ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން -/11960 ރުފިޔާއާއި -/16520 ރުފިޔާއާ ދެމެދު ލިބޭނެއެވެ.)
މަޤާމު: ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންޝިއަލް މެނޭޖްމަންޓާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ / ޑިޕްލޮމާ ހާސިލުކޮށްފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން (ޚާއްޞަކޮށް އިނގިރޭސިބަހުން ޑޮކިއުމެންޓްތައް ޑްރާފްޓްކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް ވަޒީފާދިނުމުގައި އިސްކަންދެވޭނެއެވެ.)
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ހުޅުމާލޭގެ ޑިވަލޮޕްމަންޓްސްތަކަށް ބޭނުންވާނެ ފީސިބިލިޓީސް ސްޓަޑީޒާއި، މާކެޓް ސްޓަޑީސްތައް ހެދުމެވެ. މީގެ ތެރޭގައި، ބިޒްނަސް ޕްރޮޕޯސަލްސްތައް ތައްޔާރުކުރުމާއި، މާކެޓް ރިސާރޗާއި، ބިޒްނަސް އެނަލިސިސްތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މުސާރަ: -/6260 ރުފިޔާއާއި -/8720 ރުފިޔާއާ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން -/11960 ރުފިޔާއާއި -/16520 ރުފިޔާއާ ދެމެދު ލިބޭނެއެވެ.)
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: ބިޒްނަސް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ޑިގްރީ / ޑިޕްލޮމާ ހާސިލުކޮށްފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
-އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
- އެޑްމިނިސްޓްރޭޓިވް ސްކިލްސް ހުރި ފަރާތަކަށްވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ މުނިސިޕަލް ސަރވިސަސް ސެކްޝަނުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމެވެ. މީގެ ތެރޭގައި، ޑޮކުމެންޓް މެނޭޖްމަންޓާއި، ސްކޫލް ފެރީ ޕާސް، މުނިސިޕަލް އިވެންޓާއި، އެކްސްކަވޭޝަން ފަދަ ޝީޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ޝެކްޝަނަށް ލިބޭ ސިޓީއާއި މެމޯ ފަދަ ލިޔެކިއުންތަކަށް ޖަވާބުދާރީވުން ހިމެނެއެވެ.
މުސާރަ: -/6260 ރުފިޔާއާއި -/8720 ރުފިޔާއާ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން -/11960 ރުފިޔާއާއި -/16520 ރުފިޔާއާ ދެމެދު ލިބޭނެއެވެ.)
މަޤާމު: ސިސްޓަމްސް ޓެކްނީޝަން
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލިޖީއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛
- އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލިޖީއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ކޮންފިއުޓަރ ނެޓްވޯރކިންގެ މަސައްކަތްތައް ރަނގަޅަށް އެނގޭ ފަރާތަކަށްވުން.
- ވިންޑޯސްއާއި، ލިނެކްސް ސާރވަރ ކޮންފިގަރކުރަން އެނގުން.
ސޮފްޓްވެއަރ ޕްރޮގްރާމްކުރަން އެނގުމާއެކު PHP އާއި، ASP އާއި، SQL އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެ.
މަޤާމުގެ މަސްއޫލިއްޔަތު:
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ސާރވަރތައް މޮނިޓަރކޮށް މަރާމާތުކުރުން.
- އެކްސެސް ކޮންޓްރޯލާއި، އެކިކަހަލަ ޑިވައިސްތައް ކޮންފިގަރކުރުމާއި މޮނިޓަރކުރުން.
- ހާރޑްވެއަރގެ މައްސަލަތައް ދެނެގަތުމާއި، މަސައްކަތު މާހައުލުގައި ބޭނުންކުރެވޭ އެކިކަހަލަ ސޮފްޓްވެއަރތައް އަޕްޑޭޓްކޮށް، މެއިންޓެއިންކުރުން. މީގެ ތެރޭގައި، އިންޓްރާނެޓް، ޑޮކުމެންޓް މެނޭޖްމަންޓް ސިސްޓަމާއި، އައު ސޮފްޓުވެއަރ ފަރުމާކޮށް ތަރައްޤީކުރުން ހިމެނެއެވެ.
މުސާރަ: -/7870 ރުފިޔާއާއި -/8720 ރުފިޔާއާ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން -/14770 ރުފިޔާއާއި -/16520 ރުފިޔާއާ ދެމެދު ލިބޭނެއެވެ.)
މަޤާމު: އެސިސްޓެންޓް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު:
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ހުޅުމާލޭގެ ޑިވަލޮޕްމަންޓްސްތަކަށް ބޭނުންވާނެ ފީސިބިލިޓީސްއާއި، މާކެޓް ސްޓަޑީސްތައް ހެދުމުގައި އެހީތެރިވެދިނުމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ސެކްޝަންގެ އިދާރީ މަސައްކަތްތައްކުރުމެވެ. މީގެ ތެރޭގައި، ބިޒްނަސް ޕްރޮޕޯސަލްސްތައް ތައްޔާކުރުމުގައި އެހީތެރިވެދިނުމާއި، މާކެޓް ރިސާރޗާއި، ބިޒްނަސް އެނާލިސިސްތައް ހެދުމުގައި އެހީތެރިވެދިނުން ހިމެނެއެވެ. މީގެ އިތުރުން، ކޯޕަރޭޝަނުގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މުސާރަ: -/5150 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/10550 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: އެސިސްޓެންޓް މުނިސިޕަލް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ހުޅުމާލޭގެ މުޖުތަމައަށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށްޓަކައި، މުޖުތަމަޢުގެ ބައިވެރިވުންތައް ދެމެހެއްޓުމަށް ކުރެވިދާނެ އެކިކަހަލަ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
މުސާރަ: -/5150 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/10550 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: އެސިސްޓެންޓް ޑިވެލޮޕްމަންޓް ކޮންޓްރޯލް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- އޮޓޯ ކެޑް ބޭނުންކުރަން އެނގުމާއި، ޑްރާފްޓިންގ ސޮޕްޓްވެއަރތައް ބޭނުންކުރަން އެނގުން.
- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކޯޕަރޭޝަނުން އިމާރާތްކުރާ ބިލްޑިންގ ޕްރޮޖެކްޓްތައް ކުރެހުމުގައްޔާއި ހުޅުމާލޭގެ މެޕްތައް ޑްރާފްޓްކުރުމުގައި އެހީތެރިވެދިނުމެވެ. މީ ގެތެރޭގައި، އެކިފަރާތްތަކުން ހުށައަޅާ ކުރެހުންތައް ޕްލޭނިންގެ ގައިޑްލައިންސްތަކާ އެއްގޮތްވާގޮތުގެމަތިން ކުރެހިފައިވާ ކުރެހުންތަކެއްތޯ ބެލުމާއި، އިދާރީ މަސައްކަތްތައްކުރުން ހިމެނެއެވެ.
މުސާރަ: -/5150 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/10550 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން (އިނގިރޭސިއާއި، ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- އޮޓޯކެޑް ބޭސިކް އެނގޭ ފަރާތަކަށްވުން.
- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޕްރޮޖެކްޓް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓުގެދަށުން ކުރިއަށްދާ ޕްރޮޖެކްޓްސްތަކާބެހޭ ލިޔެކިޔުންތަށް ތައްޔާރުކޮށް ބެލެހެއްޓުން.
މުސާރަ: -/5150 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/10550 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: މެއިންޓެނަންސް ސުޕަވައިޒަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: ގްރޭޑް 10 ނިންމާފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސުޕަވައިޒަރީ ސްކިލްސް ހުރި ފަރާތަކަށްވުން.
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ހުޅުމާލޭގައި ކުނިއުކައިލުމާއި، ކުނި ނައްތައިލުމުގެ މަސައްކަތުގެ އިތުރުން، ހުޅުމާލޭގެ މަގުތަކާއި ޕާރކްފަދަ ތަންތައް ސާފުކޮށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސަތްކަތްތައް ސުޕަވައިޒްކުރުމެވެ.
މުސާރަ: -/5330 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/11660 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: އެސިސްޓެންޓް މެއިންޓެނަންސް ސުޕަވައިޒަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: ގްރޭޑް 8 ގެ ފެންވަރުހުރުން ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ހުޅުމާލެއާއި ހުޅުމާލޭގެ ހޭޅި ސާފުކޮށްބެލެހެއްޓުމުގެ މަސައްކަތްތައް ސުޕަވައިޒްކުރުމެވެ. މީގެ ތެރޭގައި، މަގުތަކާއި، ފެންހިންދާ ކާނާއި ދުވާރުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސުޕަވައިޒްކުރުން ހިމެނެއެވެ.
މުސާރަ: -/4340 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/10450 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: ކާޕެންޓަރ
ބޭނުންވާ އަދަދު: 2 (ދޭއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: ގްރޭޑް 8 ގެ ފެންވަރުހުރުން ނުވަތަ ކާޕެންޓްރީ / ވަޑާމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ކާޕެންޓްރީ / ވަޑާމުގެ މަސައްކަތްތައް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައިހުރި ފަރާތަކަށްވުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޕަރޭޝަނުގެ ބިލްޑިންގ މެއިންޓެނަންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެމަތިން ކުރުން. ޚާއްޞަކޮށް، މަރާމާތުގައި އެކުލެވޭ ވަޑާމުގެ މަސައްކަތްތައް ކުރުން.
މުސާރަ: -/4980 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/11340 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: މޭސަން
ބޭނުންވާ އަދަދު: 3 (ތިނެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: ގްރޭޑް 8 ގެ ފެންވަރުހުރުން ނުވަތަ މޭސަނަރީ / ރާނައި ސިމެންތިޖެހުމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މޭސަނަރީ / ރާނައި ސިމެންތިޖެހުމުގެ މަސައްކަތްތައް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައިހުރި ފަރާތަކަށްވުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޕަރޭޝަންގެ ބިލްޑިންގ މެއިންޓެނަންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެމަތިން ކުރުން. ޚާއްޞަކޮށް، މަރާމާތުގައި އެކުލެވޭ މޭސަނަރީ (ރާނައި ސިމެންތިޖެހުން) މަސައްކަތްތައް ކުރުން.
މުސާރަ: -/4980 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/11340 ރުފިޔާ ލިބޭނެއެވެ.)
މަޤާމު: ޑްރައިވަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމީ ފެންވަރާއި ތަޖުރިބާ: މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސެއް އޮތުން)
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
-އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައިހުރި ފަރާތަކަށްވުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކޯފަރޭޝަންގެ ބޭނުމަށް ކުރާ އެއްގަމު ދަތުރުފަތުރުތައް، ސުޕަވައިޒަރގެ އިރުޝާދުގެދަށުން ކުރުމެވެ. މީގެ ތެރޭގައި، ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާ ގަވާއިދުން ވެހިކލް ދުއްވުމާއި، ޕާރކް ކުރުމާއި، ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ދިމާވެއްޖެނަމަ، ސުޕަވައިޒަރަށް ރިޕޯޓްކުރުމާއި، ހަމަޖެހިފައިވާ ގޮތެއްގެމަތިން އެ އުޅަނދު މަރާމާތުކުރުން ހިމެނެއެވެ.
މުސާރަ: -/ 4980 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/11010 ރުފިޔާ ލިބޭނެއެވެ.)
އިތުރު މަޢުލޫމާތު:
- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
އިތުރު ޝަރުޠު:
އުމުރުން 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.
މި ވަޒީފާތަކަށް މީހުން ޢައްޔަންކުރެވޭ ގޮތް:
މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރުދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރުދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ ދާއިމީކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި، މާލޭ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ ވެބްސައިޓް www.hdc.com.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)
- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނަގޮތަށް ނަގާފައިވާ ކޮޕީ.
- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ)
ލިޔެކިއުންތައް ހުށަހަޅަންޖެހޭ ތާރީޚު:
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 14:30 އެވެ.
މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ:
1 ވަނަ ފަންގިފިލާ، އެމް. ޓީ. ސީ. ސީ. ފެރީ ޓާރމިނަލް
މާލެ، ދިވެހިރާއްޖެ
ފޯނު: 3336755
ފެކްސް: 3335892
ނުވަތަ؛
3 ވަނަ ފަންގިފިލާ، އެޗް. ޑީ.ސީ. ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް: 3335892
................................................
25 ރަބީޢުލްއާޚިރު 1437