ދިވެހިރާއްޖެ
އިޢުލާން
ބިޑް ހުށަހެޅުމުގެ ދައުވަތު
މި ރަށުގެ ޕްރީސްކޫލް މަރާމާތުގެ މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމުން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
ބިޑް ހުށަހެޅުން:
މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި، އދ. ކުނބުރުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި ބިޑުގައި ބައިވެރިވެވޭނީ "ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފްކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.
