ދިވެހިރާއްޖެ
އިޢުލާން
ބިޑް ހުށަހެޅުމުގެ ދައުވަތު
މި އިދާރާގައި ބޭނުންކުރުމަށް 6 ކޮމްޕިއުޓަރ ސިސްޓަމް، 2 އެސްއެސްޑީ ހާޑް، 2 ރެމް އަދި 100 އިންޗީގެ ޓީވީއެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޓީވީ، އެސްއެސްޑީ ހާޑް އަދި ރެމް މި ކައުންސިލަށް ފޯރުކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމުން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
ބިޑް ހުށަހެޅުން:
މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 12 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:30 ގައި، އދ. ކުނބުރުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި ބިޑުގައި ބައިވެރިވެވޭނީ "ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފްކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6680053 އަށް ގުޅުއްވުން އެދެމެވެ.
