ދިވެހިރާއްޖެ
އިޢުލާން
މި ކޮމިޝަންގެ ސަދަން ބްރާންޗްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ
މި ކޮމިޝަނުގެ ސަދަން ބްރާންޗްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު: (IUL)168-AU/1/2026/83 (21 ޖުލައި 2026) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާނުކުރީމެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ކޮމިޝަނަށް ފައިސާ ދެއްކެވުމަށްފަހު 3 ދުވަސްތެރޭގައި އެ ތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ އައިޓަމެއް ވަކިން / ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2026 އޮގަސްޓު 16 (އާދިއްތަ) ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އެޗްއާރްސީއެމް ސަދަން ބްރާންޗް (ސިލްވަރ ލޭކް / ސ. ހިތަދޫ، މެދެއާރިމަގު) އަށް ވަޑައިގެން ދެއްވުން އެދެމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުގެ ނަންބަރު 3003120 ފޯނަށް ގުޅުއްވުން އެދެމެވެ.
