އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މަންދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރާތް 2026

އދ.މަންދޫގެ ރައްޔިތުންގެ ހިއްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ކިޔުމާއި ހުށަހެޅުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުވުމުގެ މަޤްޞަދުގައި "އދ.މަންދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރާތް 2026"  ގެނަމުގައި 25 އޮގަސްޓް 2026 ގައި މަދަހަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ޝަޢުގުވެރިކަންހުރި ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު  22 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މުބާރާތާއި ގުޅޭ އެންމެހައި ތަފްސީލުތައްހިމެނޭ މުބާރާތުގެ ޤަވާއިދު އަދި މުބާރާތުގައި ބައިވެރިވާނެ ލިންކު މިއިޢުލާނާއިއެކު ހިމަނާފައިވާނެއެވެ.

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 އޮގަސްޓް 2026
ހޯދާ