ދިވެހިރާއްޖެ
ހުޅުމާލެ އުމަރުޒާހިރު ބިލްޑިންގ ފަޔަރ އެލާމް ޕްރޮޓެކްޝަން ސިސްޓަމް މަރާމާތުކޮށް، އަލަށް ހަރުކުރަންޖެހޭ ސްޕެއަރ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހުޅުމާލެ އުމަރުޒާހިރު ބިލްޑިންގ ފަޔަރ އެލާމް ޕްރޮޓެކްޝަން ސިސްޓަމް މަރާމާތުކޮށް، އަލަށް ހަރުކުރަންޖެހޭ ސްޕެއަރ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހުޅުވާލަމެވެ.
- ބީލަމާއި ގުޅޭ ސަރވޭ ސެޝަން އިންނާނީ 09 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 1400ގައި އުމަރު ޒާހިރު ބިލްޑިންގ، ހުޅުމާލެގައެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރު1200 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 0930 ގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
- ދަރުބާރުގެ، އަމީނީ މަގު
- މާލެ، 20344
- އީމެއިލް: [email protected]
