ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ނ.ހެނބަދޫ އަދި އއ.ފެރިދޫގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކުރުމަށް ކޮންސަލްޓަންސީ ޚިދުމަތާ ބެހޭ
1. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުން ހޯދުމަށް ކުރެވުނު ނަންބަރު: (IUL)13-K1/13/2015/267 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ޝައުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
2. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) މިބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
3. މި މަސައްކަތުގެ ބީލަން ފޮތް (ރިކުއެސްޓް ފޯރ ޕްރޮޕޯސަލް) 11 ފެބުރުވަރީ 2016 އިން 25 ފެބުރުވަރީ 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިނިސްޓްރީން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައިވެސް ބީލަންފޮތް ޝާއިޢުކުރެވިފައިވާނެއެވެ.
4. މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއްވާނަމަ 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.
5. ވީމާ މިކަމަށް ޝައުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން "ޕްރޮޕޯސަލް" ހުށަހެޅުއްވުން އެދެމެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
އީމެއިލް އެޑްރެސް: [email protected] ، [email protected]