ދިވެހިރާއްޖެ
މި އިޢުލާންވަނީ 05 އޮގަސްޓް 2026 12:31 ގައި ބާތިލް ކުރެވިފައެވެ.
އިޢުުލާން
ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
ގއ. މާމެންދޫ މެޖިސްޓްރޭޓު ކޯޓުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
- ކޯޓުގެ ވަށާ އިންފާރު މަރާމާތު ކުރުން
- އިދާރީބައިން ކޯޓްރޫމަށް ވަދެވޭގޮތަށް (މި ކޯޓުގެ ކުރެހުމުގައިވާގޮތަށް) ދޮރެއް ކަނޑާ ދޮރާއި ދޮރުފަތް ހަރުކުރުން.
- ކޯޓުގެ ބައު ތިޖޫރި ހުރި ކޮންކްރީޓް ޕްލެޓް ނެގުން
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 12 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6820752 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 20 އޯގަސްޓް 2026
- އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓު
