ދިވެހިރާއްޖެ
|
Al-Azhar Scholarship 2026-2027 |
|||
|
ޤައުމު: މިޞްރު |
ބެޗްލަރސް 5 ޝަރީޢާ ސައިންސް ދާއިރާ 17 ސައިންޓިފިކް/ތިއަރެޓިކަލް |
ކޯހުގެ ލެވެލް އަދި ޢަދަދު: |
|
|
ބެޗްލަރސް ޑިގްރީ
3. 15 އޮގަސްޓް 2026 ގެ ނިޔަލަށް އުމުރުން 30 އަހަރުވެފައިނުވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. 3. ދިވެހިރައްޔިތެއް ކަމުގައިވުން. |
ކޯހުގެ ޝަރުތު: |
||
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
|
ހުށަހަޅަންޖެހޭ ތަކެތި: |
||
|
- މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ކުރި ޕޯޓަލްއިން ލިބެންހުންނާނެއެވެ. - އަދި ކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ. - މި ސްކޮލަޝިޕްގެ ދަށުން ލިބޭ ޚަރަދުތަކުގެ ތަފްޞީލް އިޢުލާނާއެކު މި މިނިސްޓްރީގެ ޕޯޓަލްއިން ލިބެން ހުންނާނެއެވެ. - ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. - އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. - މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް" އިން ލިބޭނެއެވެ. - ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ސްކޭން ކޮޕީއެއް ޕްރޮފައިލްގައި ހިމަނަން (އެޓޭޗްކުރަން) ވާނެއެވެ. |
އިތުރު މަޢުލޫމާތު: |
||
|
އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 9 އޮގަސްޓު 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަންގެ ހާރޑް ކޮޕީ ހުށަހެޅުން: 12 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ 11.00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް. |
ސުންގަޑި: |
||
|
އެޕްލިކޭޝަން ހުށަހަޅާނީ https:// kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||
|
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ޕޯޓަލް https:// kuri.gov.mvއިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |
|||
