ދިވެހިރާއްޖެ
އިޢުލާން
ލުއި ވިޔަފާރިއަށް ބިން ކުއްޔަށް ދިނުން
ކޮޅުމަޑުލު ތިމަރަފުށީ ކުރީގެ ފާއިޒާ ރެސްޓޯރެންޓް ބިން އަދި އެއަރޕޯޓް މަގު ފެށޭ ހިސާބުން ހުޅަނގުން 03 ބިމެއް ލުއި ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ނަންބަރު 04/2026/391 އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ މިދެންނެވި ސަރަޙައްދުގައިވާ ތިރީގައި މިދަންނަވާ ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
#ބިމުގެ ނަންބަރު/ ކުއްޔަށްދޭ ބޭނުން/ ބިމުގެ ބޮޑުމިން (އަކަފޫޓުން) / ބިން ކުއްޔަށްދޭ މުއްދަތު/ ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް)
|
ބިމުގެ އަދަދު |
ނަމްބަރ |
ބޭނުން |
އަކަފޫޓް |
މުއްދަތު |
ރޭޓް |
|
1 |
59.8 |
ހޮޓާ، ރެސްޓޯރެންޓް – އެއަރޕޯޓް މަގު |
2000 |
30 އަހަރު |
0.80 ލާރީގެ ރޭޓުން |
|
1 |
59.3 |
ރިޓެއިލް ޝޮޕް |
2000 |
30 އަހަރު |
0.80 ލާރީގެ ރޭޓުން |
|
1 |
59.8 |
(ހޮޓާ، ރެސްޓޯރެންޓް) ކުރީގެ ފާއިޒާ ރެސްޓޯރެންޓް ބިން |
2000 |
30 އަހަރު |
0.80 ލާރީގެ ރޭޓުން |
|
1 |
59.2 |
ހޯލްސޭލް ޝޮޕް |
2000 |
30 އަހަރު |
0.80 ލާރީގެ ރޭޓުން |
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން
މިބިންތަކަށް އެދި ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ރަޖިސްޓްރީވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު ބީލަމުގައި ރަޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވި ކަމުގައި ސްލިޕް ދޫކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފީގެ އަގަކީ -/300 ރުފިޔާއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވާ ފޯމް އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 5 އޯގަސްޓު 2026 (ބުދަ) ދުވަހުން ފެށިގެން 13 އޯގަސްޓު 2026 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިންނެވެ. މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިއިދާރާގެ ބޭންކް އެކައުންޓު ނަމްބަރ: 7725700323001 (1441 REVENUE 1 ) އަށް ފައިސާ ޖަމާކުރައްވާ ފަރާތްތައްވެސް ބީލަމުގައި ރެޖިސްޓަރ ކޮށްދެވޭނެއެވެ.
މިގޮތުން އީމެއިލް މެދުވެރިކޮށް ރެޖިސްޓަރވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެހަށް ([email protected]) މަތީގައި ބަޔާންކުރެވުނު ލިޔުންތައް އީމެއިލްކޮށް ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ލުއިވިޔަފާރިއަށް ބިން ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މިބީލަމާއި ގުޅިގެން ވަކި މަޢުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ. ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް ކުރައްވާނީ 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށެވެ. މިއީމެއިލްއަށް ފޮނުވޭ ސުވާލުތަކަށް 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން އީމެއިލްގެ ޒަރީޢާއިން ޖަވާބުދެވޭނެއެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ލުއިވިޔަފާރިއަށް ބިން ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 16 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 10:55 އެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ 16 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 6780674 ނަންބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
