ދިވެހިރާއްޖެ
ގޯތިތަކާއި، ގެތަކާއި ގުޅިފައިވާ މަގުތައް ސާފު ކުރުމާއި ބެހޭ:
ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން މި ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު 2019/R-26 ("މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ") އާ ޚިލާފަށް، ރަށުގެ ވަރަށް ގިނަ އަދަދެއްގެ ގެތަކާއި، ގޯތިތަކާ ގުޅިފައިވާ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ.
ވީމާ، "މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ" ގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެފަރާތެއްގެ ގޭގެ ނުވަތަ ގޯތީގެ އިންފާރާ ގުޅިފައިވާ މަގުމަތި ޤަވާއިދުން ކުނިކަހައި، ސާފުކޮށް ބެލެހެއްޓުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
މިގޮތުގެ މަތިން ޤަވާއިދުން މަގުމަތި ސާފުކޮށް ބަލަހައްޓަމުން ނުދާނަމަ، "މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު – ގއ.ކޮނޑޭ" ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ނުވަތަ ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިތުރުން މަޢުލޫމާތު އާންމު ކުރެވޭނެކަން އަންގައި އިޢުލާން ކުރީމެވެ.
