ދިވެހިރާއްޖެ
މި ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރުޢީ އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި ޤާއިމްކޮށްފައިވާ އަގު ކޮމެޓީގެ މެންބަރުންގެ ދަފްތަރުގެ މުއްދަތު ހަމަވެފައިވާތީ އެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް މި ކޯޓުން ކުރި ނަންބަރު: 610-A/2026/13 އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ފޯމު ހުށަހަޅާފައިނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.
|
މަޤާމު: |
އަގުކޮމެޓީގެ މެމްބަރު |
|
ދަފްތަރުގެ މުއްދަތު: |
ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު |
|
ބޭނުންވާ އަދަދު: |
މަދުވެގެން 03 (ތިނެއް) |
|
ކުރަންޖެހޭ މަސައްކަތް: |
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ދާއިރާގެ އެހެން މެޖިސްޓްރޭޓް ކޯޓަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން. |
|
އުޖޫރައާއި އިނާޔަތްތައް: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ. (ނޯޓު: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ޚަރަދު އެކޯޓަކުން ހަމަޖައްސައިދޭނެ.) |
|
އަސާސީ ޝަރުޠު: |
|
|
މަސައްކަތް ޙަވާލުކުރުން: |
ކޯޓަށް ހުށަހެޅިފައިއޮތް މައްސަލަތަކާ ގުޅިގެން ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ. އަދި އަގު ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި ކޮމިޓީގެ މެމްބަރުކަން ނުކުރެވޭނެ. |
|
ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި: |
(ނޯޓް: މިކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ނަމަ، އެއް PDF ފައިލެއްގެ ގޮތުގައި ފޮނުވައިދެއްވުން އެދެމެވެ.) |
|
ސުންގަޑި: |
2026 އޮގަސްޓް 17 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން. |
22 ޞަފަރު 1448
