ދިވެހިރާއްޖެ
އިޢުލާން
އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ކަސްރަތު ޕްރޮގްރާމާގުޅޭ:
ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރި ކުރުވުމުގެ ގޮތުން އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މިރަށުގައި ދިރިއުޅޭ ކަނބަލުންނަށް ޚާއްސަކޮށްގެން، 2026 ވަނަ އަހަރު 1 މަސްދުވަހުގެ މުއްދަތަށް ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
- ޖުމްލަ ކޯސް ފީ: 350/- (ބައިވެރިޔަކު)
- ބައިވެރިއަކު ދައްކަންޖެހޭ އަދަދު: 175/-
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ދައްކާ އަދަދު: 175/- (ބައިވެރިއަކަށް)
- މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނަ ތާރީޚް: 13 އޮގަސްޓް 2026 ގަޑި: 21:00
- މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނަ ތަން: އދ.ދިގުރަށު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް
- ކޯސް ފީ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރ: 7722700347001
- ސްލިޕް ވައިބަރކުރާ ނަންބަރ: 9593939
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މިރަށުގައި ދިރިއުޅޭ 16 އަހަރުން މަތީގެ( ސްކޫލްގެ ދަރިވަރުން ފިޔަވައި) ފަރާތްތަކުން 12 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވުމަށް ނަން ނޯޓުކުރެއްވުން އެދެމެވެ. ނަން ނޯޓު ކުރުމަށް ގުޅުއްވާނީ 6680631 އަދި 9593939 އަށެވެ. އަދި ދަންނަވަމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މިދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްގެ އިރުޝާދުގެ ދަށުން އޮންލައިން ކޮށެވެ. ކަސްރަތު ޕްރޮގްރާމްގެ ޖާގަ ކަށަވަރުވެގެން ދާނީ ފައިސާ ދައްކާ ފަރާތްތަކަށެވެ.
21 ޞަފަރު 1448
04 އޯގަސްޓް 2026
ސާރަތު އާދަމް
އ.ތ.މ ކޮމިޓީގެ ރައީސް
