މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ އެއްގަމު ތޮށި ބޭނުން ކުރުމާ ގުޅޭ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ބޭނުމަށް ޚާއްސަކޮށްފައިވާ  ސަރަޙައްދެއްކަން ޢާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.

ވީމާ، މި އަދުން ފެށިގެން މި ދެންނެވި ސަރަހައްދުގެ އެއްގަމު ތޮއްޓަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

04 އޮގަސްޓް 2026
ހޯދާ