ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. މީދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުން:

ދ. މީދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުން:

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ ގައި "ކައުންސިލްތަކުން ވިޔަފާރިކުރުން" މިމާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ދ. މީދޫ ކައުންސިލް ލޯކަލް އޮތޯރިޓީ ކުންފުނި"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

#

މަޤާމް

ބޭނުންވާ އަދަދު:

1

މެނޭޖިންގ ޑިރެކްޓަރ

1

2

މިނިވަން ޑިރެކްޓަރ

1

 

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، ގަވާއިދު ނަންބަރު 2021/R-49 (ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ، އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ދ. މީދޫ ކައުންސިލް ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 12 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން، ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، މިކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް މިކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.

އެނެކްސް – 1

 

"ދ. މީދޫ ކައުންސިލް ލޯކަލް އޮތޯރިޓީ ކުންފުނި" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް:

 

#

މެނޭޖިންގ ޑިރެކްޓަރ

ޑިރެކްޓަރ

 

 

 

 

ތަޢުލީމާއި ތަޖުރިބާގެ ޝަރުތު

 

1.މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް އަދި ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 4 (ތިނެއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

 

2. ސީއެމްޑީއޭ އިން ހިންގާ ޑިރެކްޓަރުންގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ އެޕޮރްގްރާމް ފުރިހަމަ ކުރެވިދާނެ ފަރާތެއް ކަމުގައިވުން.

1.މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް އަދި ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 2 (ތިނެއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

2. ސީއެމްޑީއޭ އިން ހިންގާ ޑިރެކްޓަރުންގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން.ނުވަތަ އެޕޮރްގްރާމް ފުރިހަމަ ކުރެވިދާނެ ފަރާތެއް ކަމުގައިވުން.

 

 

 

އެހެނިހެން ޝަރުތު

 

1.އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

2.ބުއްދި ސަލާމަތުން ހުރުން.

3.ޖިނާއީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

4.ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

4. ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

5. އެއްވެސް ވިޔަފާރިއެއްގައި ހިއްސާވާ، ނުވަތަ ޑިރެކްޓަރުންގެ ބޯޑަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

6. ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

 

1.އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

2.ބުއްދި ސަލާމަތުން ހުރުން.

3.ޖިނާއީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

4. ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5. ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

6. އެއްވެސް ވިޔަފާރިއެއްގައި ހިއްސާވާ، ނުވަތަ ޑިރެކްޓަރުންގެ ބޯޑަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

6. ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ލެޓަރ އޮފް އިންޓްރަސްޓް
  2. ސީވީ
  3. ތަޢުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ ( އަސްލާއެއްގޮތް ކަމުގެ ކޮޕީ)
  4. ކުށާއި ދަރަނީގެ ރެކޯޑް ( ރެކޯޑް ވާންވާނީ މިއިޢުލާނަށްވުރެ ފަހުން ނަގާފައިވާ ލިޔުމަކަށެވެ.)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފުކޮޕީ
  6. "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއްނަމަ، ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ކޮޕީ)

 

 

 

04 އޮގަސްޓް 2026
ހޯދާ