ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
ކޫލްސްކޫލް މަޝްރޫޢުގެ ދަށުން ވ.އަތޮޅު މަދަރުސާގެ ކަރަންޓް ވަޔަރިންގް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކޫލްސްކޫލް މަޝްރޫޢުގެ ދަށުން ވ.އަތޮޅު މަދަރުސާގެ ކަރަންޓް ވަޔަރިންގް ރަނގަޅު ކުރުން

1. މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަދަރުސާގެ ކަރަންޓު ވަޔަރިންގް ރަނގަޅުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2026 އޯގަސްޓް 04 އިން 2026 އޯގަސްޓް 06 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން،ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ  ކުރެއްވުން އެދެމެވެ.

4. މި ބީލަމާބެހޭގޮތުން  އެއްވެސް  ސުވާލެއްވާނަމަ  2026 އޯގަސްޓް 06 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ  އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޯގަސްޓް 09 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ވ.އަތޮޅު މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑިކާޑް ގެންނެވުން އެދެމެވެ.

6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 އޯގަސްޓް 11 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މަދަރުސާގައެވެ.

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ކޫލްސްކޫލް މަޝްރޫޢުގެ ދަށުން ވ.އަތޮޅު މަދަރުސާގެ ކަރަންޓް ވަޔަރިންގް ރަނގަޅުކުރުން." މިހެން ލިޔެފައި އޮންނަންވާނެއެވެ. 

ނަން ނޯޓްކުރުމާއި ، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވ.އަތޮޅު މަދަރުސާ

ފޯނު ނަމްބަރު: 6700025

މޯބައިލް: 9630523 

އީ-މެއިލް: [email protected]

04 އޮގަސްޓް 2026
ހޯދާ