މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކަނޑައެޅިފައިވާ އަގާއި ގުޅޭ

ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކަނޑައެޅިފައިވާ އަގާއި ގުޅޭ

           ހިންމަފުށިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމުގައި އެއްފަހަރާ ދައްކާނަމަ މިހާރު ކަނޑައެޅިފައިވަނީ އަކަފޫޓަކަށް -/50ރ (ފަންސާސް ރުފިޔާ) އެވެ. ނަމަވެސް މިއަގު ރިވިއުކުރުމަށް ކައުންސިލަށް ފެންނާތީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ގޮތެއް ކަނޑައެޅުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

           ވީމާ، މިކަމަށް ޚިޔާލެއްވާނަމަ ތިރީގައިވާ ލިންކް މެދުވެރިކޮށް 20 އޮގަސްޓް 2026 ދުވަހުގެ 14:00 ގެ ކުރިން ޚިޔާލު ފޮނުއްވައި ދެއްވުން އެދެމެވެ.

ލިންކް: https://forms.gle/JjzrkLPcTWtVL7i89

      

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮގަސްޓް 2026
ހޯދާ