ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާގެ ބަށި ކޯޓް ތަރައްޤީ ކުރުމާބެހޭ

އިޢުލާން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓާ ގުޅޭ

މި ކައުންސިލްގެ ނަންބަރު: (IUL)442-EDSS/442/2015/57 (20 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ސްޕޯޓްސް އެރީނާގެ ބަށި ކޯޓް ތަރައްޤީކުރުމަށް ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް ކޮމިޓީން ނިންމަވައި އެކަން މި ކައުންސިލަށް އެންގެވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގައި މިސްކިތްމަގު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ ދެންނެވީމެވެ.  

24 ރަބީޢުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ