ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަގާމު: |
އެޑްވޮކަސީ އޮފިސަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް: އެމް. އެސް. 2 |
މުސާރަ: |
މަހަކު -/6،295 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2،000 ރުފިޔާ |
||
ލިވިންގ އެލަވަންސް: |
މަހަކު -/3،000 ރުފިޔާ |
||
އެހެނިހެން ޢިނާޔަތްތައް: |
މަގާމުގެގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
||
ތަޢުލީމާއި ތަޖުރިބާ: |
ތަޢުލީމީ ފެންވަރު: ކޮމިއުނިކޭޝަންގެ ނުވަތަ މާކެޓިންގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލުކޮށްފައިވުން ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން (ކޮމިއުނިކޭޝަންގެ މޮޑިއުލެއް ހިމެނޭގޮތަށް)، ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލުކޮށްފައިވުން. މަސައްކަތުގެ ތަޖުރިބާ: 1. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ހުނަރު/ޤާބިލްކަންހުރުން. 2. ކޮމިއުނިކޭޝަންގެ ދާއިރާއިން ނުވަތަ މާކެޓިންގެ ދާއިރާއިން ނުވަތަ އިޖުތިމާޢީ ދާއިރާއިން މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. އޮތޯރިޓީން ތައްޔާރުކޮށްފައިވާ 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' ގައި ހިމަނާފައިވާ ހަރަކާތްތަކާއި ހޭލުންތެރިކުރުވުމުގެ އެނޫން ޕްރޮގްރާމްތައް، ސުޕަވައިޒަރުގެ އިރުޝާދާއެކު ރާވައި ހިންގުން. 2. ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވުމަށް ތައްޔާރުކުރަންޖެހޭ ތަކެތި (ގްރެފިކްސްއާއި ވީޑިއޯ ސްޕޮޓްސް ހިމެނޭގޮތަށް) ތައްޔާރުކުރުން. 3. ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ފާހަގަކުރާ ދުވަސްތަކާ ގުޅިގެން ހަރަކާތްތައް ހިންގުން. 4. ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކާއެކު މަސައްކަތްކުރުން. 5. އޮތޯރިޓީގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ހިއްސާކޮށް، އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން. 6. މަތީގައިވާ ކަންތައްތަކުގެ އިތުރުން، ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން. |
||
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް، 2016 ފެބުރުވަރީ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ. ފުލިދޫގޭ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުން އެދެމެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމާއެކު، ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ. 1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު) 2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް) |
||
އިންޓަވިއު: |
މި މަގާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. |
||
ނޯޓު: |
1. މި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީކުރެވޭނެއެވެ. 2. މި މަޤާމަށް މުވައްޒަފަކު ހޮވޭނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލައި، ކުރެވޭ އިންޓަވިއުން އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު ކުށުގެ އެއްވެސް ރެކޯޑެއް ނުވާނަމައެވެ. 3. އޮތޯރިޓީގެ ވަޒީފާތަކަކީ، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ. 4. ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf |
||
އިތުރު މަޢުލޫމާތު: |
ފޯން: 3010551 ފެކްސް: 3010552 އީ-މެއިލް: [email protected] ވެބްސައިޓް: www.fpa.gov.mv ފޭސްބުކް: www.facebook.com/fpa.maldives |
25 ރަބީޢުލްއާޚިރު 1437