ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޗް.އާރް ސޮފްޓްވެއަރއެއް ސަޕްލައިކޮށް އިމްޕްލިމެންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާ އަށް އެޗް.އާރް ސޮފްޓްވެއަރއެއް، އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެ މަތިން ފޯރުކޮށް، އިމްޕްލިމެންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

             ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13  އޮގަސްޓް 2026  ވާ ބްރާސްފަތި ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

             ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ހުށަހަޅަން ޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ބީލަން ހުށަހެޅުން

ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ

13.08.2026

ބްރާސްފަތި

11:00

             މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 11 އޮގަސްޓް 2026 ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބީލަން ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

   20    ސަފަރު    1448

04 އޮގަސްޓް 2026
ހޯދާ