ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އެއް އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS26/IUL/2015/30(16 އޮގަސްޓް 2015) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު ޝީޓަށް ބަދަލު ގެނެސްފައިވާތީ، ހުށަހެޅިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހު 10:30އަށް އަންދާސީހިސާބު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނީ ތިރީގައިމިވާ މިންގަނޑުތަކަށެވެ.
- މަސައްކަތުގެ އަގު: 70 ޕޮއިންޓް
- ތަޖުރިބާއަށް: 18 ޕޮއިންޓް (ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)
- ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)
24 ރަބީޢުލްއާޚިރު 1437