ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް:
ނެއްލައިދޫ ޞިއްޙީމަރުކަޒު، ހދ. ނެއްލައިދޫ ދިވެހިރާއްޖެ
ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަރާމާތު މަސައްކަތް
މިޞިއްޙީމަރުކަޒުންދޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަރާމާތު މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 04 އޮގަސްޓް 2026 ން 12 އޮގަސްޓް 2026 ގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: Bid Registration Form – Fill out form
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 އޮގަސްޓް 2026 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 13 އޯގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި ނެއްލައިދޫ ނެއްލައިދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- ޞިއްޙީމަރުކަޒު / ހދ. ނެއްލައިދޫ
- ފޯން: 6520547 / 6520665
- އީމެއިލް: [email protected]
03 އޮގަސްޓް 2026
ޕަބްލިޝްކުރި ތާރީޚު: 03 އޮގަސްޓް 2026
