މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އިސްލާމިކް ފައިނޭންޝަލް ސާވިސަސް ބިލްގެ ޓްރާންސްލޭޝަން މަސައްކަތް ކޮށްދޭނެ ލޯޔަރެއް ހޯދުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، އިސްލާމިކް ފައިނޭންޝަލް ސާވިސަސް ބިލްގެ ޓްރާންސްލޭޝަން މަސައްކަތް ކޮށްދޭނެ ލޯޔަރެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

11 އޮގަސްޓު 2026

އަންގާރަ

11:00

 

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 06 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ސުވާލުތަކާއި ގުޅިގެން ދެވޭ ޖަވާބު، ސޮފްޓްކޮޕީ ފޯރމެޓުގައި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން 09 އޮގަސްޓު 2026އިންފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ އެންމެފަހުގެ މަޢުލޫމާތުތައް މި އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

 

އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

03 އޮގަސްޓް 2026
ހޯދާ