މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި އޮފީހުގެ ތިރީގައި މިދަންނަވާ ސެކްޝަންތައް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީސް (ވެލާނާގޭގެ 01 ވަނަ ފަންގިފިލާ)
- ޕާރމިޓްސް އެންޑް ފޮރިން އެމްޕްލޯއިމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 އަދި 03 ވަނަ ފަންގިފިލާ)
- އެކްސްޕެޓްރިއޭޓް މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ސަރވިސް (ބިދޭސީ ހިޔާ)
- ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ބިލްޑިންގ)
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
24 ރަބީޢުލްއާޚިރު 1437
04 ފެބުރުވަރީ 2016
ހޯދާ