ދިވެހިރާއްޖެ
އިޢުލާނު
"މަސްޖިދުލް މުސާވާތު މާރާމާތު ކުރުން"
މި އިދާރާއިން މަސްޖިދުލް މުސާވާތު ގައި ކުރަންހުރި މަރާމާތުތައް ކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: IUL)365-ESD/365/2026/47) ( 14 ޖުލައި 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ މި އިޢުލާން ބާތިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނާ އެކު އާއްމު ކުރެވިފައިވާ "މަސްޖިދުލް މުސާވާތުގައި ކުރަންހުރި މަރާމާތުގެ މަޢުލޫމާތު ކަރުދާހުގައިވާ" މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ. މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ޤާނޫނު ނަންބަރ: 2014/19 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށެވެ.
ބީލަން ހުށަހެޅުމަށް، ފުރިހަމަ ކުރައްވަންޖެހޭ ރަޖިސްޓްރޭޝަން ފޯމު، މި އިޢުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ. އަދި އެފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މިއަދުންފެށިގެން މި މަހުގެ 06 ވަނަ ދުވަހުގެ 13.00 އާހަމަޔަށް މި އިދާރާގެ ކައުންޓަރުން ކުރިއަށްދާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމް މިދެންނެވި މުއްދަތުގައި، މި އިދާރާގެ އީމެއިލް ([email protected]) އަށް ފޮނުއްވުމުންވެސް ބަލައިގަންނާނެއެވެ.
ރަޖިސްޓްރޭޝަން ފޯމު ހުށަހެޅި ފަރާތްތަކަށް، މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 2026 އޮގަސްޓު 09 ވާ އާދީއްތަ ދުވަހުގެ މެންދުރު 13.00ގައި މި އިދާރާގައެވެ. މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އޮންނާނީ، 2026 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މި އިދާރާގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (މަސްޖިދުލް މުސާވާތުގެ މަރާމާތު 2026) އާއި ހުށައަޅަން ކަޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތްކުރުމަށް ހުށައަޅާ އަގު: 70 (ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މަސައްކަތު ތަޖުރިބާ : 20 (ވިހި) ޕޮއިންޓް (ޝީޓުގައި ބަޔާންކުރެވިފައިވާ، ޕޮއިންޓް ދެވޭނީ 2022 އިން ފެށިގެން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ 5 ތަޖުރިބާގެ ލިޔުމަށް)
- މަސައްކަތްނިންމުމަށް ހުށަހަޅާ މުއްދަތު: 10 (ދިހައެއް) ޕޮއިންޓް (އެއްމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
