މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ށ. ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

              ސިނާއީ މަސައްކަތްކުރުމަށް ދޫކުރާ ބިންތައް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ކުއްޔަށްދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު

ބިމުގައި ކުރެވޭނެ މަސައްކަތް

ބިމުގެ ނަންބަރު

#

  1750 އަކަފޫޓް

އަކަފޫޓަކަށް 1 ރުފިޔާ

ސިނާއީ މަސައްކަތް ކުރުމަށް

ބިން: LT-026,LT-027

1

 

ވީމާ، ދެންނެވުނު ބިންތައް ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ފޯމް ހުށަހެޅުމަށް ދެންނެވީމެވެ.

ބީލާމުގައި ރަޖިސްޓްރީވުން:                                                              

  • ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ބިޑުގައި ރަޖިސްޓްރީވުމަށްޓަކައި ތިރީގައި މިވާ ލިންކް މެދުވެރިކޮށް " ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރަންވާނެއެވެ.

-          ފޯމް ލިންކް: https://forms.gle/mTtGi7XQ1sp7oAny5

  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 އޮގަސްޓް 2026 ވާ (ހޯމަ) ދުވަހުން ފެށިގެން 11 އޮގަސްޓް 2026 (އަންގާރަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00އަށް ކައުންސިލް އިދާރާއިންނެވެ. މި މުއްދަތުގެ ތެރޭގައި އީމެއިލް މެދެވެރިކޮށް ފޯމް ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
  • މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބިން ކުއްޔަށް ދިނުމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭފޯމް ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އަގު ހުށައަޅާފޯމް އީމެއިލްގެ ޒަރީއާއިން ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުން:

  • ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޮގަސްޓް 2026 (ބުދަ) ދުވަހުގެ 12:00 ގައި ކައުންސިލްއިދާރާގެ ކޮންފަރެންސް ހޯލްއެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ފޯމާއި ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.

ޕްރޮޕޯސަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަމްބަރާއި ކޮންކަމަކަށް ހުށަހަޅާ ޕްރޮޕޯސަލްއެއްކަން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

 

20 ޝަފަރު 1448

                                     3  އޮގަސްޓް  2026

 

03 އޮގަސްޓް 2026
ހޯދާ