ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ކްލާސް ހިންގުމަށްޓަކައި ކުރީގެ މިސްކިތެއްކަމުގައިވާ ނަސްރު މިސްކިތް އިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ(2 ވަނަ އިޢުލާން)

ހއ.ބާރަށުގައި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ޤާއިމުކޮށް ޤުރުޢާން ކުލާހުގެ ހިދުމަތް ދިނުމަށްޓަކައި ރަށުގައި ހުރި ކުރީގެ މިސްކިތެއް ކަމުގައިވާ ނަސްރު މިސްކިތުގެ އިމާރާތް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

 

              ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

              ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

 

ރަޖިސްޓްރީވުމަށް އެދޭ ފޯމުގެ ލިންކު:  https://forms.gle/GAB91jRyD1rcUA6k6

 

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

06 އޮގަސްޓު 2026 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް.

ޕްރި-ބިޑް ބައްދަލުވުން.

06 އޮގަސްޓު 2026 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.(ޕްރިބިޑް ބައްދަލުވުމުގައި ބައިވެރިނުވިނަމަވެސް ބީލަން ހުށަހެޅުމަށް ރަޖިސްޓަރކޮށްފައިވާނަމަ ބީލަން ހުށަހެޅޭނެއެވެ).

ބީލަން ބަލައިގަތުމާއި ހުޅުވުން.

17 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގައި.

          

              ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. މި މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: (IUL)257-ESM/257/2026/61 (14 ޖުލައި 2026) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                          

              20 ޞަފަރު 1448

              03 އޮގަސްޓު 2026

03 އޮގަސްޓް 2026
ހޯދާ