ދިވެހިރާއްޖެ
ހދ.ނައިވާދޫ އިޖްތިމާއީ ސަރަހައްދުތައް ކުނިކެހުމަށް ބީލަން ކާމިޔާބު ކޮށްފައިވާ ފަރާތުން ސަރަހައްދު 3 ދޫކޮށްލާފައިވާތީ އެ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
|
ބިޑް ރަޖިސްޓްރީކުރުން |
ޕްރީ ބިޑް މީޓިން |
އަންދާސީހިސާބު ހަށަހެޅުން |
|
03.08.2026 ން 09.08.2026ގެ 11:00 ށް |
- |
11.08.2026 ގެ 11:00 ގައި |
|
އޮންލައިން ފޯމު މެދުވެރިކޮށް |
- |
ހދ.ނައިވާދޫ ކައުންސިލް އިދާރާގައި |
- ބިޑް ރެޖިސްޓްރީކުރާ ފޯމް: https://forms.cloud.microsoft/r/WckTATPVjy
- ހދ. ނައިވާދޫ ޢިޖުތިމާއީ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ޢިޖުތިމާއީ ސަރަޙައްދު 3 ކުނިކަހައި ސާފުކޮށް ބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
