އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށް 350ކ ގެ ޕިކަޕެއް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ކޮށްފައިވާ ނަމްބަރ (IUL)343-AS/343/2026/47 (30 ޖުލައި 2026) އިޢުލާން ގައި މަޢުލޫމާތުގެ މައްސަލަތަކެއްހުރުމުން އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތުހުޅުވާލަމެވެ.

މިއިޢުލާނާއެކު އެއްހީރަސްކޮށްފައިވާ މައުލޫމާތު ޝީޓާއެއްގޮތަށް މިކައުންސިލަށް 350ކ ގެ ޕިކަޕެއް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން އެކަމަށް އެދި ބިޑްހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. ހޯދަން ބޭނުންވާ ޕިކަޕުގެ ސްޕެސިފިކޭޝަނާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނުގައި އެއްހީރަސްކޮށްފައި ވާނެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 އޯގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. ހުށަހަޅާ އަންދާސީ ހިސާބުތަކަށް މާކްސް ދެވޭނެ ގޮތުގެ މިންގަނޑު، މިއިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ މައުލޫމާތު ޝީޓްގައި ވާނެއެވެ.

ހުށަހެޅޭ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2026 އޯގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 11:00  ގައި މިކައުންސިލްގެ އިދާރާގައި ހުށަހަޅާފަރާތްތަކުގެ ހާޟިރުގައެވެ.

                  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

03 އޮގަސްޓް 2026
ހޯދާ