ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން ކުނި އުކައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ވަގުތީގޮތުން ކުނި އުކައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިރަށު ގޭގެއިންނާއި، އާންމު ވިޔަފާރިކުރާ ތަންތަނާއި، ހޮޓާ ރެސްޓޯރެންޓް ކެފޭ އަދި ކުންފުނިތަކުން އުފެދޭ ކުނިތައް އެތަންތަނުން ނަގައިގެން ރަށުގެ ދެކުނުކޮޅުގައި ހަދާފައިވާ ކުނިއަޅާ ސަރަހައްދަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު 401-IUL(AD)/2016/04 (21 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް ބަދަލުތަކެއް ގެނައުމަށް ބޭނުންވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 09 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި ކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016
ހޯދާ