ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ބޭރު މަގުގައި ސޯލާ މަގުބައްތި ޖަހާދޭނެ ފަރާތެއް ހޯދުން.

ިއިދާރާގެ ނަމްބަރު:(IUL)328-MSID/328/2026/83(14 ޖޫން 2026) ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ބައެއް ޖަދުވަލުތައް ފުރިހަމަ ނުވާތީ، ލިބިފައިވާ އަންދާސީ ހިސާބުތައް ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

         

                  މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށުގެ ބޭރުމަގުގައި ސޯލާ މަގުބައްތި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ ''ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް'' ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. މިބީލަމުގައި ބައިވެރިލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، ސޯލާ މަގުބައްތި ޖެހުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

މިބީލަމުގައި ބައިވެރިލެއްވުމަށް ރަޖިސްޓްރީކުރުން

13 އޮގަސްޓް 2026 (ބުރާސްފަތި)

13:00

ބީލަން ބަލައިގަތުން އަދި ހުޅުވުން މިއިދާރާގައި އޮންނާނެއެވެ.

ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރާއި ކޮންކަމަކަން ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

(މިސާލަކަށް: އޭބީސީ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް، އިޢުލާން ނަންބަރު: (IUL)328-MSID/328/2026/123(27.08.2026)، ކުރެންދޫ ބޭރު މަގުގައި ސޯލާ މަގުބައްތި ޖަހާދޭނެ ފަރާތެއް ހޯދުން)  

ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލް ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ / ޅ.ކުރެންދޫ ، ދިވެހިރާއްޖެ.

ފޯނު:9107177

އީމެއިލް: [email protected]، [email protected]

27 އޮގަސްޓް 2026 (ބުރާސްފަތި)

13:00

                       ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2026
ހޯދާ