ދިވެހިރާއްޖެ
އެފް.އޭ.އެމް އެޓޯލްސް ފުޓްސެލް ޗެމްޕިއަންސިޕް 2026 " ކެންޓީންގެ ޚިދުމަތް ދިނުމަށް ހުޅުވާލުމާއި ގުޅޭ
13 އޮގަސްޓް 2026 އިން 23 އޮގަސްޓް 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް އެޓޯލްސް ފުޓްސެލް ޗެމްޕިއަންސިޕް 2026 ހޯސްޓްކުރުމުގެ ހޯސްޓް ކުރުމުގެ ފުރުޞަތު ވަނީ މިރަށަށް ލިބިފައެވެ. އަދި މިމުބާރާތަކީ މިރަށުގެ އިތުރުން އަތޮޅުގެ 5 ރަށަކުން ޓީމްތައް ބައިވެރިވާ މުބާރާތެކެވެ.
ވީމާ، މި މުބާރާތުގައި މެޗްތައް ކުޅޭ ސަރަޙައްދުގައި ކެންޓީންގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ކުރިން ގޫގުލް ފޯމްމެދުވެރިކޮށް ނަންނޯޓް ކުރުމަށް ދަންނަވަމެވެ.
ގޫގުލް ފޯމްގެ ލިންކް: https://forms.cloud.microsoft/r/u2NXTzwJnn
އަދި 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.
ކެންޓީން ދޫކުރުމާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއި އެކު ޙިއްޞާ ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6520050 އާ ގުޅުއްވުން އެދެމެވެ.
23 B 1447
02 އޮގަސްޓް 2026
