ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުން

2012 ވަނަ އަހަރު ދޫކުރެވުނު ބައެއްގޯތިތަކާއި އެސަރަޙައްދުގެ މަގުތައް އަދި 2025 ވަނަ އަހަރު ދޫކުރެވިފައިވާ ގޯތިތަކާއި އެ ސަރަޙައްދުގެ މަގުތަކުން ކަނޑާލެވިފައިވާ ރުއްގަސް ނީލަންކިޔުމަށް ވަނީ ނިންމާފައެވެ.

ނީލަންކިޔުން އޮންނާނީ 2026 އޮގަސްޓް 07 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި އެސަރަޙައްދުގައެވެ. މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 2026 އޮގަސްޓް 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ (7540046 ނަންބަރަށް) ވައިބަރ މެސެޖު ފޮނުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ނަންނޯޓު ކުރަން ދުރުވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ވައިބަރ މެސެޖާއެކު އައިޑީކާޑުގެ ދެފުށް ފޮނުވަން ވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮގަސްޓް 2026
ހޯދާ