ދިވެހިރާއްޖެ
|
އިޢުލާނު
|
|
|
މަޤާމު: |
ކައުންސިލް އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
J-425275، J-457407 |
|
ބޭނުންވާ އަދަދު: |
02 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކު: |
ލޯކަލް ކައުންސިލް އޮފިޝަލްސް - ޕަބްލިކް ސަރވިސް ރޭންކް 5 |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ (ރިސަރޗް، ސްޓެޓިސްޓިކްސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް) |
|
މުސާރަ: |
9495.00 ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
2850.00 ރުފިޔާ |
|
ޙާޟިރީ އިނާޔަތް: |
ޙާޟިރުވާ ކޮންމެ ދުވަހަށް -/75 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން - އަހަރީ ރިޕޯޓުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ކަށަވަރުކުރުމާއި އަދި ރޭވުން. - ކޮންމެ 02 މަހަކުން "ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަ ގޮތުގެ ރިޕޯޓު" އެކުލަވާލާ، އާންމުކޮށް، ޚިއްސާކުރުން އަދި ރިޕޯޓް އިތުރަށް ފުރިހަމަ ކުރުމަށާއި، ރިޕޯޓަށް މަޢުލޫމާތު އެއްކުރަން ބޭނުންކުރާ ނިޒާމު އިތުރަށް ހަރުދަނާކޮށް ޑިޖިޓަލައިޒްކުރުން. - ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޕާފޯމަންސް އިންޑެކްސްއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ސޯޓްކުރުމާއި، އެލް.ޖީ.އޭއާއި ހިއްސާކުރުން. - ކައުންސިލުން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމާއި، ފޮނުވޭކަން ކަށަވަރުކުރުމާއި، ހަނދާންކޮށްދިނުމާއި، ލޯކަލް ކައުންސިލްސް ރިޕޯޓިންގ ޕޯޓަލް ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުން. - ކައުންސިލްގެ އެތެރޭގެ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ތަފާސްހިސާބު އެއްކުރުމާއި، އެކަށީގެންވާ ޑޭޓާ ފޯމެޓްތަކުގައި ކޮންމެ މަހަކު އެމަޢުލޫމާތު ޝާޢިއުކުރުން. އަދި މި މަޢުލޫމާތު އެއްކުރަން ބޭނުންކުރާ ފޯމެޓްތައް އިތުރަށް ތަރައްޤީކުރުމާއި، މަސައްކަތް ޑިޖިޓަލައިޒްކުރުން. - ޖުމްލަކޮށް ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްކުރުމާއި، އެއްކުރެވޭ މަޢުލޫމާތު ތަޙުލީލުކޮށް (އެނަލައިޒްކޮށް)، ރިޕޯޓްތައް އެކުލަވާލާ ކައުންސިލްގެ ޑޭޓާ-ޑްރިވަން ޑިސިޝަން މޭކިންގ ކެޕޭސިޓީ ވަރުގަދަކުރުން. - ކުޅުދުއްފުށި ސިޓީގެ އިންފްލޭޝަން މަހުން މަހަށް ހިސާބުކުރުމާއި، އެ މަޢުލޫމާތު އެނަލައިޒްކުރުމާއި، ރިޕޯޓްތައް އެކުލަވާލާ ޕަބްލިޝްކުރުން. - ޑޭޓާބޭސްތައް ބެލެހެއްޓުމާއި، ޑޭޓާގެ ސައްޙަކަން ކަށަވަރުކުރުމާއި، ޑޭޓާ ކޮލިޓީ ކޮންޓްރޯލްކުރުމާއި އަދި އޮޑިޓް ކުރުން. - ކައުންސިލްގެ ވެބްސައިޓުގައި ތަފާސް ހިސާބު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން - ކުޅުދުއްފުށީގެ ޑިމޮގްރަފިކް، އިޤްތިޞާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ޓްރެންޑްތައް ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ދިރާސާކޮށް ރިޕޯޓްތައް އެކުލަވާލުން. އަދި ސިޓީގެ މުޢައްސަސާތަކުން ބަލަހައްޓާ މަޢުލޫމާތު އެއްކޮށް މިފަދަ ޓްރެންޑްތައް ދެނެގަނެ ރިޕޯޓްތައް ތައްޔާރުކުރުން. - ކުޅުދުއްފުށި ސިޓީގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއި، ކައުންސިލްގެ ވިސިޓް ކުޅުދުއްފުށި ޕޭޖް އަދާހަމަކޮށް ބެލެހެއްޓުން. - ވިޔަފާރިތަކުގެ ދަފްތަރާއި ޔުނިޓުން ބަލަހައްޓާ އެހެނިހެން ދަފްތަރުތައް އަދާހަމަކޮށް ބެލެހެއްޓުން. - ޤައުމީ ތަރައްޤީގެ ޕްލޭން/އެކްޝަން ޕްލޭނުގެ ދަށުން ހިންގޭ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމާއި މަޝްރޫޢުތަކުގެ ސްޓޭޓަސް ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން - ތަރައްޤީގެ މަޝްރޫޢުތަކަށް ފަންޑު ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކޮށް ރިސޯސް މޮބިލައިޒްކުރުން. - ތަފާސް ހިސާބާ ގުޅޭ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަބާވުމާއި ތަފާސް ހިސާބާ ގުޅޭ ކަންކަމުގައި ކައުންސިލް ތަމްސީލުކުރުން - އެހެން ކައުންސިލްތަކާއި، އެންޖީއޯތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން - ކައުންސިލް ވޯކް ޕްލޭން ތަންފީޒްކުރުމަށް ބޭނުންވާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން |
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން |
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)
ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތަކުގެ ލިންކް: https://www.csc.gov.mv/PostStructure/Index/36
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (10 އޮގަސްޓު 2026) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|
އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމަންޓް އޮންނާނީ، 11 އޮގަސްޓު 2026 އާއި 10 ސެޕްޓެމްބަރ 2026 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527119 ނުވަތަ 6527104 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|
20 ޞަފަރު 1448
03 އޮގަސްޓު 2026
