ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1. މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ރޭންކް: އީ. އެކްސް. 1

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން: ބަޖެޓް / އިދާރީ

މަސައްކަތްކުރަންޖެހޭ ތަން:

ޖުޑީޝަލް އެކަޑަމީ (ވިލިމާލެ)

އަސާސީ މުސާރަ:

-/8،835 ރުފިޔާ

އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

- ލިވިންގ އެލަވަނަސް: -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އެމް. އެސް. 4 ގެ ރޭންކުގައި 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

1- ޖުޑީޝަލް އެކަޑަމީގެ ބަޖެޓް ތައްޔާރުކޮށް، ޝަރުޢީ ދާއިރާގެ ކޮންސޮލިޑޭޓް ބަޖެޓުގައި ހިމެނުމަށްޓަކައި ޑިޕާޓްމަންޓަށް ފޮނުވުން.

2- ޖުޑީޝަލް އެކަޑަމީގެ ބަޖެޓް ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

3- ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުންގެ ކަންތައްތައް ޑިޕާޓްމަންޓުގެ ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.

4- ޖުޑީޝަލް އެކަޑަމީގެ އިދާރީ ހިންގުމާ ގުޅޭ އެންމެހައި ކަންކަން، އެކަޑަމީ ހިންގުމާ ހަވާލުވެ ހުންނަވާ ވެރިއެއްގެ ލަފާގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.

5- ޖުޑީޝަލް އެކަޑަމީގެ ރެކޯޑުތަކާއި ޔައުމިއްޔާތައް ބެލެހެއްޓުން.

2. މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް: އެމް. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން: ރިސަރޗް އެންޑް ޕަބްލިކޭޝަންސް

މަސައްކަތްކުރަންޖެހޭ ތަން:

ޖުޑީޝަލް އެކަޑަމީ (ވިލިމާލެ)

އަސާސީ މުސާރަ:

-/7،035 ރުފިޔާ

އެލަވަންސް:

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

- ލިވިންގ އެލަވަނަސް: -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

 

1- މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

1- ޖުޑީޝަލް އެކަޑަމީން ކުރުމަށް ކަނޑައެޅޭ ދިރާސާތައް ކުރުމާއި، ޝާއިޢުކުރުވޭ ލިއުންތައް ޑްރާފްޓްކުރުމުގެެ މަސައްކަތް، ޖުޑީޝަލް އެކަޑަމީ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ލަފާގެމަތިން ކުރުން.

2- ޖުޑީޝަލް އެކަޑަމީން ޝާއިޢުކުރުމަށް ކަނޑައަޅާ ޤާނޫނީ ލިއުންތަކާއި މަޖައްލާތައް ތައްޔާރުކުރުމުގައި އުސްތާޛުންނަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.

3- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް ބައިވެރިން ހޮވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

4- ޖުޑީޝަލް އެކަޑަމީން ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ހިންގާ ކޯސްތަކާއި، ތަމްރީންތަކާއި، އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްޓަކައި އިދާރީގޮތުން ފޯރުކޮށްދޭންޖެހޭ ސަޕޯޓް ދިނުން.

5- ޖުޑީޝަަލް އެކަޑަމީއި ކޯސް ފުރިހަމަކުރާ ގްރެޖުއޭޓުންނަށް ދޫކުރަންޖެހޭ ސެޓްފިކެޓް ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން. 

6- ޖުޑީޝަަލް އެކަޑަމީގެ އިސްތިޝާރީ މަޖިލީހުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމުގެ މަސައްކަތަށް އެހީތެރިވުން.

7- ޖުޑީޝަލް އެކަޑަމީން ހިންގާ ކޯސްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

  • މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ފުރަންޖެހޭ  ވަޒީފާއަށް  އެދޭ  ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3006280 ނަންބަރު ފޯނަށް ނުވަތަ  3006217 ނަންބަރު ފޯނަށެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެއެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރި ފަރާތަކަށްވުން.
  • އެސިސްޓެންޓް ޑިރެކްޓަރކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މީގެ އިތުރުން، މި މަޤާމްތަކަށް މީހުން ހޮވުމުގައި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
 29 ރަބީޢުލްއާޚިރު 1437
08 ފެބުރުވަރީ 2016
ހޯދާ