ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އާކިޓެކްޓް

އިޢުލާން

 

މަޤާމު:

އެސިސްޓެންޓް އާކިޓެކްޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ނަމްބަރ:

J-458538

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރު -7

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

-/14095 (ސާދަ ހާސް ނުވަދިހަ ފަސް ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/6575 (ހަ ހާސް ފަސް ސަތޭކަ ހަތްދިހަ ފަސް ރުފިޔާ )

އެހެނިހެން އެލަވަންސް:

1-       ހާޒިރީ އެލަވަންސް -/180 (އެއް ސަތޭކަ އަށްޑިހަ ރުފިޔާ) ނުކުންނަ ކޮންމެ ދުވަހަކަށް.

2-       ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.

3-       ދައުލަތުގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ ފަރާތުން ހިންގާ އެކިއެކި ޕްރޮޖެކްޓް ތަކަށް ބޭނުންވާ ކޮންސެޕްޓް އެކުލަވާލުން.
  2. ޕްރޮޖެކްޓް ޑީޓެއިލް ޑިޒައިން ހަދާ ޕްރޮޕޯސަލް ހެދުން.
  3. ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ޑިޒައިންކުރާ ހިސާބުން ފެށިގެން ޕްރޮޖެކްޓް އެކީ ނިމެންެދެން ޕްރޮޖެކްޓް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. ޕްރޮޖެކްޓް މެނޭޖަރުންނަށް ފަންނީ ލަފާ ބިލްޑިންގ ކޯޑާއި އެއްގޮތަށް ދިނުން.
  5. ކޮންޓްރަކްޓަރުންނާއި އެކީ ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ޕްރޮޖެކްޓްގެ ކޮންސެޕްޓް އަދި ޑިޒައިނިންއަށް އަންނަ ބަދަލުތައް ދެނެގަނެ އެ ބަދަލުތައް ކައުންސިލްގެ އިދާރާގެ ވެރިން އަންގާ ގޮތުގެ މަތިން ގެނައުން.
  6. ޓެންޑަރ ޑޮކިއުމެންޓް އަދި ބީއޯކިއު ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
  7. ޕްރޮޖެކްޓް ސައިޓް ތަކަށް ގޮސް ސާރވޭކޮށް އަދި ޑިޒައިނިންއަށް އަންނަ ބަދަލުތައް ދެނެގަތުން.
  8. ބިލްޑިންގ ކޯޑާއި އިމާރާތް ކުރުމާއި ގުޅޭ އެހެނިހެން ގަވާއިދުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
  9. ކައުންސިލް އިދާރާގެ ބެސްޓް ޕްރެކްޓިސް އަދި އިންޑަސްޓްރީގެ އެންމެ ފަހުގެ މައުލޫމާތު ޕްރޮޖެކްޓް ޓީމާއި ހިއްސާ ކުރުން.
  10. އާކިޓެކްޓުން އަދި އިންޖީނިއަރުންގެ ލަފާގެ މަތިން، އޮޓޯކޭޓް ބޭނުންކޮށްގެން ޕްރޮޖެކްޓް ތަކަށް ބޭނުންވާ ކުރެހުންތައް ޑްރާފްޓްކޮށް ތައްޔާރުކުރުން.
  11. ކައުންސިލްގެ އިދާރާގެ ވެރިން އަންގާ ގޮތެއްގެ މަތިން އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅޭ ބީ.އޯ.ކިޔު ތައްޔާރުކުރުމުގައި ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. ޕްރޮޖެކްޓްތަކުގެ ޑިޒައިންގައި ހުންނަ ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އިންޖީނިއަރުންނާއި މަޝްވަރާކޮށްގެން އެކަންކަން ހައްލު ކުރުން.
  13. ޕްރޮޖެކްޓް ސައިޓް ތަކަށް ދިއުމާއި އަދި ޕްރޮޖެކްޓް ތަކާ ގުޅޭ ކުރެހުންތަކަށް ބޭނުންވާ މަސްޢުލުމާތު ހޯދުން
  14. ކައުންސިލް އިދާރާގެ ޑިޕާރޓްމަންޓްގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން.
  15. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި، ސެމިނަރތަކާއި ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ތަޢުލީމީ ފެންވަރު:

 

މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެބެލް 7 ނުވަތަ 8 ގެ ސަނަދެއް ޚާސިލްކޮށްފައިވުން.

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް ( ކެރިއަރ ފީލްޑްސް ):

 

  1. އާކިޓެކްޗަރަލް ކޮންޒަރވޭޝަން 
  2. އާކިޓެކްޗަރަލް ޑިޒައިން 
  3. އާކިޓެކްޗަރަލް ސައިންސް 
  4. އާކިޓެކްޗަރަލް ސްޓަޑީޒް 
  5. އާކިޓެކްޗަރަލް ޓެކްނޯލޮޖީ 
  6. އާކިޓެކްޗަރ 
  7. ކޮންޒަރވޭޝަން އާކިޓެކްޗަރ 
  8. އިންޓީރިއަރ އާކިޓެކްޗަރ 
  9. ލޭންޑްސްކޭޕް އާކިޓެކްޗަރ 
  10. ސަސްޓެއިނަބަލް އާކިޓެކްޗަރ 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

1-       އާކިޓެކްޗަރ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާވިސް ވަޒީފާއަށް އެދޭ ފޯމު(ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv / އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  1. (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން (30%)
  • މަޤާމަށް ކަނޑައަޅާފައިވާ ކޯ ނުވަތަ ޕްރިފާރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ނަމަ ދެވޭ ޕޮއިންޓް (5%)
  • ޝަރުޠު ހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދަށް ވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ ޕޮއިންޓް (5%)
  • ޝަރުޠު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް (%5)
  • އިމްތިހާން (15%)
  • ޕްރެޒެންޓޭޝަން (10%)
  • އިންޓަވިއު (30%)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޮގަސްޓް 2026 ގެ 13:30 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އެސެސްމަންޓް،އިމްތިޙާން ނުވަތަ ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،16 އޮގަސްޓް 2026 އާއި 22 އޮގަސްޓް 2026  އާއި ދެމެދު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841718 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

02 އޮގަސްޓް 2026
ހޯދާ