ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ - ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 4 – ސްޓެޕް 1

މުއްދަތް

ވަޒީފާއަށް ނަގާ ތާރީހުން ފެށިގެން 6 މަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ. އަތޮޅު ހޮސްޕިޓަލް / ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

މުސާރަ:

8890.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އަލަވަންސް 2670.00  ރުފިޔާ
  • ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުގެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ޝެކްޝަންގެ އިސްވެރިޔާގެލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން
  2. ހޮސްޕިޓަލުން ރާވާ ހިންގާ ޕްރޮގްރާމްތަކުގައި އިސްނަގައިގެން އަމަލީގޮތުން ބައިވެރިވެ، ސެކްޝަން ހެޑްގެ ލަފާގެ މަތީން މަސައްކަތްކުރުން
  3. ސާރވަރ އެންޓްރީ ކަންތައްތައް ރަގަޅު އިންތިޒާމެއްގެ ދަށުން ރާވާ ބެލެހެއްޓުން
  4. މަހުން މަހަށް ހަދަންޖެހޭ އިދާރީ ރިޕޯރޓްތައް ހެދުން
  5. އޮފީހުގެ ޔައުމިއްޔާއާއި، ބާއްވާ އެކިއެކި މީޓިންތަކުގެ ޔައުމިއްޔާ ލިޔެ ޤަވައިދުން ބެލެހެއްޓުން
  6. ހަމަޖެހިފައިވާ ތާވަލާ އެގޮތަށް އޮފީސް ހުޅުވުމާއި، އަދި އޮފީސް ލެއްޕުން.
  7. އިދާރީ އޮފީހުގެ ރަސްމީ ފޯނަށް ޖަވާބުދިނުން.
  8.  ހޮސްޕިޓަލުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި ، ހޮސްޕިޓަލަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކުރިއަށްދާގޮތް ބެލުން އަދި ފައިލް ކުރުން
  9. ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ އެހީތެރިވުން
  10. އޮފީހަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި އަދަބުވެރިކަމާއެކު މުއާމަލާތް ކުރުމާއި މެހެމާންދާރީ އަދާކުރުން
  11. ހޮސްޕިޓަލުން ، މަރާމާތުކުރަންޖެހޭތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމު،އިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައިދިނުން
  12. ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ބޭނުންކުރެވޭ އުޅަދު ފަހަރާއި އެއްގަމު ވެހިކަލްތައް މިނިސްޓްރީ އިން ހަމަޖައްސަވާފައިވާ އުސޫލުތަކާއި އެއްގޮތަށް ސެކްޝަން ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ޚިދުމަތްތައް ފޯރުކޮށް ދިނުން.
  13. ހޮސްޕިޓަލުގެ ހިންގޭ ހަރަކާތްތަށް ކެމަރާކުރުމާއި ފޮޓޯނެގުން.
  14. ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތަށް ހިންގުމާއި ބެލެހެއްޓުން.
  15. ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓު 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް

  1. އެކައުންޓިންގ
  2. އެކައުންޓިންގ އެންޑް ފައިނޭންސް 
  3. އެޑްމިނިސްޓްރޭޝަން
  4. އޮޑިޓިންގ  
  5. ބިޒްނަސް
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  7. ބިޒްނަސް މެނޭޖްމަންޓް
  8. ކޮމާރސް  
  9. ފައިނޭންސް 
  10. ފައިނޭންޝަލް މެނޭޖްމަންޓް  
  11. ފައިނޭންޝަލް ޕްލޭނިންގ  
  12. ހެލްތް އެޑްމިނިސްޓްރޭޝަން  
  13. ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  
  14. ހެލްތް ކެއަރ މެނޭޖްމަންޓް  
  15. ހެލްތު މެނޭޖުމަންޓް  
  16. ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  17. ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  18. ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން  
  19. ހޮސްޕިޓަލް މެނޭޖްމަންޓް  
  20. ހިއުމަން ރިސޯސް  
  21. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  22. އިންޓަރނަލް އޮޑިޓިންގ  
  23. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  24. އިސްލާމިކް ފައިނޭންސް  
  25. ލެބޯޓަރީ ސައިންސް  
  26. މެނޭޖްމަންޓް  
  27. މެޑިކަލް ސައިންސް  
  28. ނާސިންގ  
  29. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  30. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  31. ޕަބްލިކް ފައިނޭންސް  
  32. ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން  
  33. ޕަބްލިކް މެނޭޖްމަންޓް  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60% (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:00 ކުރިން، ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އޮންނާނީ، 16 އޮގަސްޓް 2026 އާއި 06 ސެޕްޓެމްބަރު 2026 އާއި ދެމެދު، ހއ.އަތޮޅު ހޮސްޕިޓަލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން  ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500093 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 އޮގަސްޓް 2026
ހޯދާ