ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރިލީފް ޓީޗަރ (ޕްރައިމަރީ)

މަޤާމް:

3 (ތިނެއް) މަސްދުވަސް

މަޤާމުގެ މުއްދަތު:

1 (އެކެއް)

ބޭނުންވާ އަދަދު:

ޢަފީފުއްދީން ސްކޫލް

މަޤާމް އޮތް އޮފީސް:

ޢަފީފުއްދީން ސްކޫލް، ހދ. ކުޅުދުއްފުށި

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ސިލަބަހާ އެއްގޮތްވާގޮތުގެމަތިން ދަރިވަރުންނަށް ކިޔަވައިދިނުން.

ސްކޫލުގެ ވަސީލަތްތައް ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން.

ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.

ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.

ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، ''ސްކީލް އޮފް ވޯކް'' ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.

2-  ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.

3-  ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.

4- ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

5- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

6- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

ޝަރުތާއި މުސާރަ ހަމަޖެހިފައިވާގޮތް

ސަރވިސް އެލަވަންސް (މަހަކު)

މުސާރަ (މަހަކު)

ޝަރުޠު

-/1،500 ރުފިޔާ

-/4،500 ރުފިޔާ

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/1،500 ރުފިޔާ

-/5،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/2،500 ރުފިޔާ

-/6،090 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން، ޓާރމް ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީއާއި، ސަލާމުގެ ޗުއްޓީފަދަ ޗުއްޓީތައް ލިބޭނެއެވެ.

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލު.

- މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީއެއް.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލު.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 12 ފެބުރުވަރީ 2016 އާއި 15 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައި ޢަފީފުއްދީން ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިސްކޫލުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6528041 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.


24 ރަބީޢުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ